ތާރީޚް 28/02/2017

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީއިން ވަނީ މިދިޔަ ހަފްތާގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށާއި މުވައްޒަފުންނަށް ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި މި ހަރަކާތްތައް ނިންމާލާފައިވަނީ އެސް.ޓީ.އޯ.ގެ ފަރާތުން ފިޔަވަތީގައި ޤާއިމްކޮށްދީފައިވާ އައުޓްޑޯ ޕްލޭގްރައުންޑް ހުޅުވުމުގެ ރަސްމިއްޔާތުންނެވެ. ދަޢުލަތުގެ ބެލުމުގެދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މިނިސްޓްރީއިން ޙާއްސަ އިސްކަމެއްދޭކަމެކެވެ.…