ތަސައްވަރު

ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުން

 

އަމާޒު

ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި، އެފަރާތްތަކުގެ މަޢުލޫމާތު މުއްސަނދިކޮށް، އެފަރާތްތައް ބާރުވެރިކުރުވާ ޕްރޮގްރާމްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން؛ އިހުމާލާއި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުން؛ މުއައްސަސާތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކަމަށް ބޭނުންވާ ޤާނޫނުތަކާއި ގަވައިދުތައް އެކުލަވައިލައި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، މިނިވަންކަމާއި ހަމަހަމަކަން ޤާއިމްކުރުމުގެ ސިފަ ހަރުލެއްވުމަށް މަސައްކަތްކުރުން؛ ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖެ އަދި ބޭރުގެ އެކި ފަރާތްތަކާއެކު ގުޅުންތައް ޤާއިމްކޮށް އިތުރަށް ބަދަހިކުރުން.