ބަސްބުނުމުގެ އިޚްތިޔާރު އުމުރުން ދުވަސްވީ މީހުންނަށް ހޯދައިދިނުމަށް ބާރުއަޅާނަން – މިނިސްޓަރ ޝިދާތާ

އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ބަސްބުނުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. 2019ވަނަ އަހަރަށް ރަންވޭލާ ކެމްޕޭން ފައްޓަވައި ދެއްވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ކޮންފަރެންސް ހޯލްގައި އިންތިޒާމުކުރެވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން
އިތުރަށް ވިދާޅުވޭ

ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ އެސެސްމަންޓް ޓީމު މިނިސްޓަރ ޝިދާތާއާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރޝިޕް ދިނުމަށް އެސެސްމަންޓް ހެއްދެވުމަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ޓީމު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއާ ބައްދަލުކުރައްވައިފިއެވެ. ރޭ މިނިސްޓްރީގައި ކުރިއަށް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝިދާތާ ވަނީ މި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން ތައްޔާރަށް އޮތް ކަން ހާމަކުރައްވައިފައެވެ. އަދި މި ސަރުކާރުގެ ވިސްނުން ހުރީ ބައިނަލްއަޤުވާމީ ދުނިޔެއާއެކު ގާތް ގުޅުމެއް ބާވައިގެން މަސައްކަތްކުރުން ކަމަށާއި،
އިތުރަށް ވިދާޅުވޭ

ޑިސެންބަރު 2018ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޑިސެންބަރު 2018ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 290 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ޑިސެންބަރު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 45 އިންސައްތައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 48 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
އިތުރަށް ވިދާޅުވޭ

އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ އިންޑިއާ – މިނިސްޓަރ ޝިދާތާ

ޒާމާނުއްސުރެ އިންޑިއާއިން ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ޙިއްޞާއެއް ވާ ކަމަށާއި، އެހެން ކަމުން އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުޙިންމު އެއް ބައިވެރިޔަކީ އިންޑިއާ ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި
އިތުރަށް ވިދާޅުވޭ