ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް 19 އަތޮޅުގައި ވަނީ ގާއިމްކުރެވިފައެވެ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ގާއިމްކުރެވިފައިވަނީ ޚާއްސަ ރާއްކާތެރިކަން ބޭނުންވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުމަށެވެ.

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް

  1. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުގައި ޤާއިމުކުރާ ނިޒާމުގެދަށުން ރަށުފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
  2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސް ހިސާބުތަކުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ޤާއިމުކޮށް ބަލަހައްޓައި، އެކަން ހިނގާ ނުހިނގާގޮތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ގަވާއިދުން ރިޕޯޓްކުރުން.
  3. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އުނިކަން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
  4. އެކިބާވަތުގެ ހާނިއްކަ ލިބިފައިވާ  އަންހެނުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ   މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެމަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
  5. އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ ޢަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
  6. ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެފަދަ ކަންކަން ނައްތާލުމަށް ހެދިފައިވާ އުސޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތްކުރުން.
  7. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ލާމަރުކަޒީ ޢުސޫލުން ދޭން ކަނޑައަޅާ ޚިދުމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ގުޅުއްވުމަށް

ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027632ha.fcsc@msfd.gov.mv
ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027633hdh.fcsc@msfd.gov.mv
ށ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027634sh.fcsc@msfd.gov.mv
ނ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027635n.fcsc@msfd.gov.mv
ރ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027636r.fcsc@msfd.gov.mv
ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027638b.fcsc@msfd.gov.mv
ޅ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027637lh.fcsc@msfd.gov.mv
އއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027639aa.fcsc@msfd.gov.mv
އދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027640adh.fcsc@msfd.gov.mv
ވ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027641v.fcsc@msfd.gov.mv
މ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027642m.fcsc@msfd.gov.mv
ފ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027643f.fcsc@msfd.gov.mv
ދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027644dh.fcsc@msfd.gov.mv
ތ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027645th.fcsc@msfd.gov.mv
ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027646l.fcsc@msfd.gov.mv
ގއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027647ga.fcsc@msfd.gov.mv
ގދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027648gdh.fcsc@msfd.gov.mv
ޏ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027649gn.fcsc@msfd.gov.mv
ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ3027630s.fcsc@msfd.gov.mv