ފިޔަވަތީގެ ކެއަރވަރކަރުންނަށް “އަރލީ ޗައިލްޑްކެއަރ” ތަމްރީން ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ދިވެހިރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ “ފިޔަވަތި”ގެ ކެއަރވަރކަރުންނަށް “އަރލީ ޗައިލްޑް ކެއަރ” ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މިޕްރޮގްރާމް ނިންމާލުމުގެގޮތުން ރޭގަ ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީންގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކުރެވިފައެވެ.

ފިޔަވަތީގެ 20 ކެއަރވަރކަރުންނަށް ހިންގި މި ތަމްރީން ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާ ބައިތަކުގެތެރޭގައި “ބޭބީ ކެއަރ އަދި ބޭބީ ބާތް”، “ވީނިންގ”، “ކޮމްޕްލިމެންޓަރީ ފީޑިންގ”، “ހައިޖީނިކް ނީޑްސް އޮފް ޓޮޑްލަރސް”، “ސޭފްޓީ ނީޑްސް”، “ޓްރީޓިންގ މައިނަރ އެއިލްމަންޓްސް” އަދި “ސިމިއުލޭޝަން އެންޑް ޕްލޭ ނީޑްސް އޮފް އިންފަންޓްސް އެންޑް ޓޮޑްލަރސް” ފަދަ މުހިއްމު މަޢުލޫމާތުތައް ހިމެނެއެވެ.

މި ތަމްރީން ކުރިއަށްގެންގޮސްފައިވަނީ 20 ޑިސެމްބަރ 2016 އިން 17 ޖެނުއަރީ 2017އަށެވެ. ފިޔަވަތީގައި ދިރިއުޅޭ ކުދިން ބަލަހައްޓާ މުވައްޒަފުން ބިނާކުރުމަށް މިފަދަ ޕްރޮގްރާމެއް ހިންގަވައިދެއްވިކަމަށްޓަކާ ނަރުހުންގެ ޖަމިއްޔާއަށް މިނިސްޓްރީއިން ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަމެވެ. ފިޔަވަތީގައި މިވަގުތު 10 އަހަރުން ދަށުގެ 85 ކުދިން ދިރިއުޅެއެވެ.

08 ފެބްރުއަރީ 2017

Leave a Reply

Your email address will not be published. Required fields are marked *