މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވާރކަރުންނަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯހެއް ފަށައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވާރކަރުންނަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯހެއް ވަނީ 29 ޖަނަވަރީ 2017ގައި ފަށާފައެވެ. 9 ފެބްރުއަރީ 2017 އާއި ހަމައަށް ކުރިއަށްދާ މި ކޯހުގެ ފުރަތަމަ ބެޗްގައި މިނިސްޓްރީގެ 28 މުވައްޒަފުން ބައިވެރިވެއެވެ. މި ކޯސް ފެށުމުގެ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ ދެއްކެވި ވާހަކަފުޅުގައި، "ނުކުޅެދުންތެރިކަން ހުންނަ…

ފިޔަވަތީގެ ކެއަރވަރކަރުންނަށް “އަރލީ ޗައިލްޑްކެއަރ” ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ދިވެހިރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ "ފިޔަވަތި"ގެ ކެއަރވަރކަރުންނަށް "އަރލީ ޗައިލްޑް ކެއަރ" ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މިމަރުކަޒުގައި މިހާރު ދިރިއުޅެމުންދަނީ 10 އަހަރުން ދަށުގެ 85 ކުދިންނެވެ. ފިޔަވަތީގެ 20 ކެއަރވަރކަރުންނަށް ހިންގި މި ތަމްރީން ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާ ބައިތަކުގެތެރޭގައި "ބޭބީ ކެއަރ އަދި ބޭބީ ބާތް"، "ވީނިންގ"، "ކޮމްޕްލިމެންޓަރީ ފީޑިންގ"، "ހައިޖީނިކް ނީޑްސް އޮފް ޓޮޑްލަރސް"، "ސޭފްޓީ ނީޑްސް"، "ޓްރީޓިންގ މައިނަރ…

ސަރުކާރުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސް ޕްރޮގްރާމްތަކެއް ހިންގުމަށް އެން. ސީ. އޭ.އާއެކު މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނޭޝަނަލް ސެންޓަރ ފޮރ އާޓްސް (އެން. ސީ. އޭ.)އާއި ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސްގެ ދާއިރާއިން ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމް. އޯ. ޔޫ.) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި އެމް. އޯ. ޔޫ.ގެ ދަށުން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެން. ސީ. އޭ.އިން އާޓް…

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާރންޝިޕް ފުރުސަތު ފަހިކޮށްދިނުމަށް އަނަންތާރާ ރިސޯޓާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއެކު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ" (އެމް.އޯ.ޔޫ) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބި، މި ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިއަދު މެންދުރު އަނަންތާރާ ރިސޯޓްގައި…

2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ތާރީޚް
2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން އިތުރުކޮށްފިއެވެ. އެގޮތުން، މިއެވޯޑަށް ނަން ހުށަހެޅުމަށް މިހާރު ކަނޑައަޅާފައިވާ ސުންގަޑިއަކީ 16 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ. މިއެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ 5 ދާއިރާއަކީ؛ ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާ އިޤްތިޞާދީ ދާއިރާ އިޖްތިމާޢީ ދާއިރާ އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ ވަޒީފާދޭ…

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ތައުލީމީ ޕްރޮޤްރާމްތަކެއް ފެށުން

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ތަޢުލީމީ ޕްރޮގްރާމްތަކެއް ފަށައިފިއެވެ. 10 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މިމަރުކަޒުގައި މިވަގުތު ދިރިއުޅެމުން ދަނީ 85 ކުދިންނެވެ. މިނިސްޓްރީ އާއި މައި ކޮލެޖް ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ތެރެއިން އުމުރުން 7 އަހަރުން ފެށިގެން މަތީގެ ކުދިންގެ އިނގިރޭސި ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައި 'ޔަންގ ލަރނަރސް އިންގްލިޝް' ޕްރޮގްރާމެއް ވަނީ ފަށާފައެވެ.…