މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އަނަންތަރާ ރިސޯޓްސް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އަނަންތަރާ ރިސޯޓްސް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. އަނަންތަރާ ރިސޯޓްސްގެ އާންމު އިޖްތިމާޢީ ޙިދުމަތުގެ ގޮތުގައި ކުރިއަށްގެންދާ “މައިނަރ ހޯޕް” ޕްރޮގްރާމް މެދުވެރިކޮށް 1 އަހަރުގެ މުއްދަތަށް ހިންގާ މިތަމްރީނު ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ. އަނަންތަރާ ދިގު ރިސޯޓްގައި މިއަދު ބޭއްވި މިހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ވަޒީފާގެ މާހައުލުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މިޕްރޮގްރާމްގައި މިއަހަރު ކުޑަކުދިންގެ ހިޔާގެ 16 އަހަރުން މަތީގެ 2 ކުދިން ބައިވެރިވެއެވެ.

މިޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭކުދިން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މުހިއްމުކަމަށް މިނިސްޓަރ ޒެނީޝާ އަލިއަޅުވާލައްވާ، އެކުދިންނަށް މިފަދަ ފުރުސަތެއް ފަހިކޮށްދެއްވާފައިވާތީ އަނަންތަރާ ރިސޯޓްސްއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ކުދިން ބިނާކުރުމަށް މިފަދަ ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެހެން ރިސޯޓްތަކާއި ކުންފުނިތަކުން މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

31 މާރޗް 2017

Leave a Reply

Your email address will not be published. Required fields are marked *