2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ހުޅުވާލައިފި
2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިހާރުވަނީ ހުޅުވާލާފައެވެ. 2017 ވަނަ އަހަރަށް އިޢުލާން ކޮށްފައިވާ އެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ 5 ދާއިރާއަކީ؛ ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާ އިޤްތިޞާދީ ދާއިރާ އިޖްތިމާޢީ ދާއިރާ އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމްކުރުމުގެ ދާއިރާ މި އެވޯޑަށް ކުރިމަތިލުމަށް…
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ތިން އެން.ޖީ.އޯ. އަކާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން އެއްގައި ސޮއިކޮށްފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2017 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ އިޖްތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް މަދަނީ ޖަމިއްޔާތަކާއެކު ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި ތިން ފަރާތަކާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމް.އޯ.ޔޫ) ގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވި މި ހަފްލާގައި، އެމް.އޯ.ޔޫ. ތަކުގައި ސޮއިކޮށްފައިވާ މަދަނީ ޖަމިއްޔާތަކަކީ، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ރިޓަޔަރީޒް…
މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ހިންގުން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް ސަރވިސަސްއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހިންގާ ކުޑަކުދިން ބަލަހައްޓާ ދެ މަރުކަޒު ކަމުގައިވާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހެލްތް ސްކްރީނިންގް ޕްރޮގްރާމެއް ހިންގައިފިއެވެ. މި ހެލްތް ސްކްރީނިންގ ޕްރޮގްރާމަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށާއި އެކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ސިއްޙީ ފަރުވާ އަދި އަޅާލުން އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީއިން ކުރަމުންދާ…
ފިޔަވަތީގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮޤްރާމްތަކެއް ފެށުން
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. 9 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މިމަރުކަޒުގައި މިވަގުތު ދިރިއުޅެމުން ދަނީ 85 ކުދިންނެވެ. މިނިސްޓްރީ އާއި ބާސްކެޓްބޯލް ސްޓާޒް އެކަޑެމީ ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ 6 އަހަރުން މަތީގެ ހުރިހާ ކުދިންނަަށް ގަވާއިދުން ބާސްކެޓްބޯޅަ ތަމްރީންތައް ވަނީ ފަށާފައެވެ. އަދި، މިނިސްޓްރީ އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް…
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތްތަކެއް ބާއްވައިފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވުނު މި ހަރަކާތްތަކުގައި ސްރިލާންކާގެ ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި ދިވެހިރާއްޖޭގެ ޤައުމީ ޓީމްގެ ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ސްވިމިންގ އިންސްޓްރަކްޓަރުންގެ އެހީތެރިކަމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާއިލާތަކަށްވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، ކޮންމެ…
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރިލަންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުން ރާއްޖެ ވަޑައިގެންފި.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރިލާންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި 1 އޮފިޝަލަކު، ރާއްޖެ ވަޑައިގެންފިއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ ސްރިލާންކާގެ ޕެރަ-ސްވިމިން ޗެމްޕިއަނުންނަކީ ސްރީލަންކާގެ ސިފައިންގެ ހިދުމަތުގައި އުޅުއްވަނިކޮށް، އެކި ސަބަބުތަކާހުރެ ލިބިފައިވާ ޒަހަމްތަކާ ގުޅިގެން ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ 3 ބޭފުޅުންނެވެ. މި ހާދިސާތަކަށްފަހުވެސް، މި ބޭފުޅުންނަކީ ސްރީލަންކާގައި ގައުމީ ފެންވަރުގައި…