ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ބ. އަތޮޅުގެ ތުޅާދޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ފާހަގަކޮށްފި

ތާރީޚް
ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ބ. އަތޮޅު ތުޅާދޫ ކައުންސިލްއާއި ޖަމިއްޔާތަކާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް މިއަދު ފަށާފިއެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން ބ. ތުޅާދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި، މޯލްޑިވްސްޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ އާއި އެއޮފީހުގެ މުވައްޒަފުން، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ވެރިންނާއި، ކަމާބެހޭ…

މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް (އެމް.ސީ.ޕީ.ޑީ) މިނިސްޓްރީގައި ލޯންޗްކޮށްފި

ތާރީޚް
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި ހުށަހެޅޭ މައްސަލަތައް ރެކޯޑްކޮށް ބަލަހައްޓާނެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް (އެމް.ސީ.ޕީ.ޑީ) މިނިސްޓްރީގައި މިއަދު ޤާއިމްކޮށްފިއެވެ. މީގެފަހުން މި ޑޭޓާބޭސް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ 19 ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ބޭނުން ކުރަން ފަށާނެއެވެ. މި ނިޒާމުގެ ތެރެއިން ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހަޅާ ތަފާތު މައްސަލަތަކުގެ ރިފަރަލްފޮނުވުމާއި ކޭސް މެނޭޖްމަންޓް ފަސޭހައިން ބެލެހެއްޓުމުގެ އިތުރުން ވަކިވަކި މަސައްލަތަކުގައި…

ރާއްޖޭގެ 19 އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތައް ވިއުގައަކުން ގުޅާލައިފި

ތާރީޚް
ރާއްޖޭގެ 19 އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އެ ސެންޓަރުތަކާ ދެމެދު ވިއުގައެއް ޤާއިމްކޮށް، އެ ވިއުގަ މެދުވެރިކޮށް ހުރިހާ ސެންޓަރުތައް މިނިސްޓްރީއާ ގުޅާލެވޭނެ އިންތިޒާމް މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ހަމަޖައްސައިފިއެވެ. މި ވިއުގަ މެދުވެރިކޮށް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ދެމުންދާ ހިދުމަތްތައް ހަރުދަނާ ކުރުމުގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ…

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބައަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ހިތްވަރު ދިނުމިގެގޮތުން 2016ވަނަ އަހަރުގެ ޑިސްއެބިލިޓީ އެވޯޑް ދިނުން

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބަޔަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން 2016 ވަނަ އަހަރުގެ ޑިސްއެބިލިޓީ އެވޯޑް ދިނުމުގެ ޚާއްސަ ހަފްލާއެއް މިއަދު ވަނީ ބާއްވާފައެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި މިޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. މީގެ…

އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގާ “ރަންވޭލާ” ކެމްޕޭންގެ ދަށުން މީޑިއާ ސެންސިޓައިޒޭޝަން ޕްރޮގްރާމްއެއް ބާއްވައިފި

ތާރީޚް
އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގާ "ރަންވޭލާ" ގެ ދަށުން މީޑިއާ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިއަދު ބާއްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވުނު މި ޕްރޮގްރާމްގައި  6 މީޑިއާއިން ބައިވެރިވެފައިވެއެވެ. މިއަދުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، "މީޑިއާ އަކީ މުޖުތަމައުއެއް ހޭލުންތެރިކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތްކަމަށްވީހިނދު...މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން، ދިވެހި މުޖުތަމަޢުގައި އުމުރުންދުވަސްވީ މީހުންނަށް ދިމާވާ ގޮންޖެހުންތައް،…

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ މ.އަތޮޅުގެ ހުރިހާ ރަށެއްގައި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ސެޝަންތަކެއް ހިންގައިފި

ތާރީޚް
އަަަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ ގޮތުން މ.އަތޮޅުގެ ހުރިހާ ރަށެއްގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ހިންގައިފިއެވެ. މި ސެޝަންތައް ހިންގައިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން މި އޯގަސްޓް މަހުއެވެ. މ.އަތޮޅުގެ 8 ރަށެއްކަމުގައިވާ މުލި، މުލައް، ދިއްގަރު، ކޮޅުފުށި، ނާލަފުށި، ވޭވަށް، ރަތްމަންދޫ، މަޑުއްވަރީގައި ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި އެރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 4، 5 އަދި 6 ގައި ކިޔަވަމުންދާ 360 އަށްވުރެ…