މ. މުލަކަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ތާރީޚް
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި މ. މުލަކަށް ވަޑައިގެން، މ.މުލަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާމެދު ސެންޓަރުގެ މުވައްޒަފުންނާ ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި، މުލަކު ކައުންސިލް އިދާރާ އާއި، ފުލުހުންނާއި، މުލަކު ސިއްހީ މަރުކަޒު އާއި، ސްކޫލަށް ޒިޔާރަތްކުރައްްވާ އެމުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތްތަކާއި…

ނައިބު ރައީސް އަދި ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ފިޔަވަތިއަށް ޒިޔާރަތްކުރައްވައި

ތާރީޚް
ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ދައުލަތުގެ ބެހެއްޓުމުގައި ދަށުގައި ދިރިއުޅެމުންދާ ކުދިންގެ ހާލު ބައްލަވައިލެއްވުމަށްޓަކައި ނައިބު ރައީސް އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު ފިޔަވަތި އަށް ޒިޔާރަތްކުރައްވައިފިއެވެ. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީގެ ދައުވަތަކަށް ނައިބު ރައީސް ފިޔަވަތި އަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަހުމަދާއި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ…

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕެއް އެކުލަވާލައްވައިފި

ތާރީޚް
ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ބޭނުންވާ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މިއަދު ވަނީ އުފައްދަވާފައެވެ. މި ގްރޫޕުގެ މަޤްސަދަކީ ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކުގައި ބައިވެރިވާ އެންމެހާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް އެކީ މަސައްކަތް ކުރުމެވެ. މި ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިތުރުން…

ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމުގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކާގުޅޭ

ތާރީޚް
ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ ކުއިޒްއެއްގެ ގޮތުގައި ވަރަށް ގިނަ ފޯނުކޯލުތަކެއް ޢާއްމުންނާ ހަމައަށް ދާކަމުގެ މަޢުލޫމާތު މި މިނިސްޓަރީއަށް ވަނީ ލިބިފައެވެ. މި މިނިސްޓްރީއިން ނުވަތަ ކުޑަކުދިންގެ ހިޔާއިން އެހީ ހޯދުމުގެ އެއްވެސް ޙަރަކާތެއް ފޯނު މެދުވެރިކޮށް ކުރިއަށް ނުގެންދާކަން ހުރިހާ ފަރާތެއްގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި މިނިސްޓްރީއިން ނުވަތަ ކުޑަކުދިންގެ ހިޔާއިން ކުރާ މިފަދަ މަސްކަތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. ވީމާ، މިފަދަ ކަންކަމަށް…

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ ފަހު ތާރީޚަކީ 31 ޖުލައި 2016ވާ އާދީއްތަ ދުވަހެވެ. ނަމަވެސް 31 ޖުލައި 2016އަކީ ސަރުކާރު ބަންދުދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިންމަވާފައިވާތީ އާއި މި އެވޯޑުގައި އިތުރަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، މިހާރު މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 4 އޯގަސްޓް 2016ވާ ބުރާސްފަތި ދުވަސްކަމަށް ވަނީ…

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މަސައްކަތް ކުރުމަށް ޚާއްސަ އޮފީހެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ ހަމަޖައްސަވައިފި

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް (ޑިސްއެބިލިޓީ ކައުންސިލް)ގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، އެކައުންސިލްއަށް ހާއްސަ އޮފީސްޖާގައެއް އެ މިނިސްޓްރީގައި މިއަދު ހަމަޖައްސަވާދެއްވާފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލްއިން ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާ، މިއަދު ހަމަޖައްސަވާދެއްވި އިންތިޒާމްގެ ސަބަބުން ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި…