ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‘ޖެންޑަރ އިކުއަލިޓީގެ ބިލު’ ތަޞްދީޤުކުރައްވައިފި

ތާރީޚް
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ޖެންޑަރ އިކުއަލިޓީގެ ބިލު' މިއަދު ތަޞްދީޤުކުރައްވައި، މި ބިލު ޤާނޫނަކަށްވެ މިއަދު ވަނީ ދިވެހި ގެޒެޓްގައި ޝާއިޢުކޮށްފައެވެ. ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ވަކި ޖިންސަކަށް ނުވަތަ ޖެންޑަރ އަށް ބަލައި ތަފާތުކުރުމެއްނެތި، ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމުގެގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުޞޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ޤާނޫނެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު…

”ކުރިމަގު” ކެމްޕެއިންގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ޕްރޮގްރާމްއެއް މިނިސްޓަރ ޒެނީޝާ ފުވައްމުލަކުގައި މިއަދު އިފްތިތާޙްކޮށްދެއްވައިފި

ތާރީޚް
"ކުރިމަގު" ކެމްޕެއިންގެ ދަށުން، ޏ. ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރޮގްރާމްއެއް މިނިސްޓަރ ޒެނީޝާ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔޫ.އެން. ވިމެން އާ ގުޅިގެން މިމަހު 21 އިން 25 އަށް ފުވައްމުލަކުގެ ހާފިޒް އަޙްމަދު ސްކޫލްގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ފުވައްމުލަކުގެ ރަށު ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންނަށް ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.   މި ޕްރޮގްރާމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު…

އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް “ރަންވޭލާ” ކެމްޕޭން މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވައިފި

ތާރީޚް
އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް "ރަންވޭލާ" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ  ޒެނީޝާ ޝަހީދު ޒަކީ ބ. އަތޮޅު އޭދަފުށީގައި މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ، "މުޖުތަމަޢު އާއި އާއިލާގެ ތެރޭގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރުން" ކަމަށް…

މިނިސްޓަރ ޒެނީޝާ ކުރިމަގު ކެމްޕޭން އިފްތިތާޙްކޮށްދެއްވައިފި

ތާރީޚް
އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤުޞަދުގައި، "ކުރިމަގު" ގެނަމުގައި ކެމްޕެއިންއެއް މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ކެމްޕެއިންގ އިފްތިތާޙްކޮށްދެއްވީ، މިއަދު ހެނދުނު މޫކައި ހޮޓަލުގައި ބޭއްވުނު 'ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ' ޓްރެއިނިންގ ފައްޓަވައިދެއްވަމުގެ ރަސްމިއްޔާތުގައެވެ. ކުރިމަގު ކެމްޕެއިން އިފްތިތާޙްކުރެއްވުމަށްފަހު، މިނިސްޓަރ ޒެނީޝާ ދެއްކެވި ވާހަކަފުޅުގައި، 2016 ޖޫން 22 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ވަކި ވުޒާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމަކީ ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި ދެ ޖިންސްގެ…

މިނިސްޓަރ ޒެނީޝާ ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ގެ ޓްރޭނިންގ ފައްޓަވައިދެއްވައިފި

ތާރީޚް
ޖެންޑަރ ފޯކަލް ޕޮއިންޓުންނަށް ކުރިއަށް ގެންދާ ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގގެ ޓްރޭނިންގ މިއަދު މިނިސްޓަރ ޒެނީޝާ ފައްޓަވައިދެއްވައިފިއެވެ. މި ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަދި ޔޫ.އެން ވިމެން އާއި ގުޅިގެން މިމަހު 9 އިން 11 އަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޖެންޑަރމެއިންސްޓްރީމް ކުރުމުގެ މަސައްކަތަކީ ޖެންޑަރ މިނިސްޓްރީއަށް މެންޑޭޓްކުރެވިފައިވާ ކަމެއްކަމުގައި ވީނަމަވެސް އެކި މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެންނޫނީ ކާމިޔާބު ކުރެވޭނެ މަސައްކަތެއް ނޫންކަމުގައި މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.…

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ 19 އަތޮޅެއްގައި ޤާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުތަކާއި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާ ފަދަ މަރުކަޒުތަކުގެ މަސައްކަތް ދަސްކުރުމަށާއި އެ ދާއިރާގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެތަންތަނުގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އިންޓަރންޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދާ މައިގަނޑު ދާއިރާތައްކަމަށްވާ އަންހެނުން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން…