އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް “ރަންވޭލާ” ކެމްޕޭން މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވައިފި

ތާރީޚް
އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް "ރަންވޭލާ" ގެ ނަމުގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ  ޒެނީޝާ ޝަހީދު ޒަކީ ބ. އަތޮޅު އޭދަފުށީގައި މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ، "މުޖުތަމަޢު އާއި އާއިލާގެ ތެރޭގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރުން" ކަމަށް…

މިނިސްޓަރ ޒެނީޝާ ކުރިމަގު ކެމްޕޭން އިފްތިތާޙްކޮށްދެއްވައިފި

ތާރީޚް
އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤުޞަދުގައި، "ކުރިމަގު" ގެނަމުގައި ކެމްޕެއިންއެއް މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ކެމްޕެއިންގ އިފްތިތާޙްކޮށްދެއްވީ، މިއަދު ހެނދުނު މޫކައި ހޮޓަލުގައި ބޭއްވުނު 'ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ' ޓްރެއިނިންގ ފައްޓަވައިދެއްވަމުގެ ރަސްމިއްޔާތުގައެވެ. ކުރިމަގު ކެމްޕެއިން އިފްތިތާޙްކުރެއްވުމަށްފަހު، މިނިސްޓަރ ޒެނީޝާ ދެއްކެވި ވާހަކަފުޅުގައި، 2016 ޖޫން 22 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ވަކި ވުޒާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމަކީ ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި ދެ ޖިންސްގެ…

މިނިސްޓަރ ޒެނީޝާ ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ގެ ޓްރޭނިންގ ފައްޓަވައިދެއްވައިފި

ތާރީޚް
ޖެންޑަރ ފޯކަލް ޕޮއިންޓުންނަށް ކުރިއަށް ގެންދާ ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގގެ ޓްރޭނިންގ މިއަދު މިނިސްޓަރ ޒެނީޝާ ފައްޓަވައިދެއްވައިފިއެވެ. މި ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަދި ޔޫ.އެން ވިމެން އާއި ގުޅިގެން މިމަހު 9 އިން 11 އަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޖެންޑަރމެއިންސްޓްރީމް ކުރުމުގެ މަސައްކަތަކީ ޖެންޑަރ މިނިސްޓްރީއަށް މެންޑޭޓްކުރެވިފައިވާ ކަމެއްކަމުގައި ވީނަމަވެސް އެކި މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެންނޫނީ ކާމިޔާބު ކުރެވޭނެ މަސައްކަތެއް ނޫންކަމުގައި މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.…

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ 19 އަތޮޅެއްގައި ޤާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުތަކާއި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާ ފަދަ މަރުކަޒުތަކުގެ މަސައްކަތް ދަސްކުރުމަށާއި އެ ދާއިރާގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެތަންތަނުގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އިންޓަރންޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދާ މައިގަނޑު ދާއިރާތައްކަމަށްވާ އަންހެނުން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން…

މ. މުލަކަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ތާރީޚް
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި މ. މުލަކަށް ވަޑައިގެން، މ.މުލަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާމެދު ސެންޓަރުގެ މުވައްޒަފުންނާ ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި، މުލަކު ކައުންސިލް އިދާރާ އާއި، ފުލުހުންނާއި، މުލަކު ސިއްހީ މަރުކަޒު އާއި، ސްކޫލަށް ޒިޔާރަތްކުރައްްވާ އެމުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތްތަކާއި…

ނައިބު ރައީސް އަދި ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ފިޔަވަތިއަށް ޒިޔާރަތްކުރައްވައި

ތާރީޚް
ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ދައުލަތުގެ ބެހެއްޓުމުގައި ދަށުގައި ދިރިއުޅެމުންދާ ކުދިންގެ ހާލު ބައްލަވައިލެއްވުމަށްޓަކައި ނައިބު ރައީސް އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު ފިޔަވަތި އަށް ޒިޔާރަތްކުރައްވައިފިއެވެ. މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީގެ ދައުވަތަކަށް ނައިބު ރައީސް ފިޔަވަތި އަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަހުމަދާއި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ…