ނައިބު ރައީސް އަދި ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ފިޔަވަތިއަށް ޒިޔާރަތްކުރައްވައި

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގައި ދައުލަތުގެ ބެހެއްޓުމުގައި ދަށުގައި ދިރިއުޅެމުންދާ ކުދިންގެ ހާލު ބައްލަވައިލެއްވުމަށްޓަކައި ނައިބު ރައީސް އަލްފާޟިލް ޢަބްދުﷲ ޖިހާދު މިއަދު ފިޔަވަތި އަށް ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީގެ ދައުވަތަކަށް ނައިބު ރައީސް ފިޔަވަތި އަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަހުމަދާއި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބުރާހީމްއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙުމަދު ޒިޔާދު އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ ޒެނީޝާ ވަނީ މިޒިޔާރަތަށްފަހުގައި ނައިބުރާއިސް އަލްފާޟިލް ޢަބްދުﷲ ޖިހާދު އާއި ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ފިޔަވަތިއަށް ޒިޔާރަތްކުރައްވާ އެމަރުކަޒުގައި ދިރިއުޅެމުންދާ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާ، މިޒިޔާރަތުގެ ސަބަބުން ދައުލަތުގެ ބެލުމުގައި ދަށުގައި ކުދިން ބަލަހައްޓާ މިފަދަ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މިނިސްޓްރީ ކުރަން ފަށާފައިވާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

މިލިމާލެ ކުޑަކުދިންގެ ހިޔާއާއި، އަމާންހިޔާ އަދި ހުޅުމާލޭގެ ފިޔަވަތީގައި މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 153 ކުދިން ބަލަހައްޓަމުން ގެންދެއެވެ. މީގެތެރޭގައި މިޔަވަތީގައި 9 އަހަރުން ދަށުގެ 85 ކުދިން މިވަގުތުދަނީ ބަލަހައްޓަމުންނެވެ.

7 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *