މިނިސްޓަރ ޒެނީޝާ ކުރިމަގު ކެމްޕޭން އިފްތިތާޙްކޮށްދެއްވައިފި

އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤުޞަދުގައި، “ކުރިމަގު” ގެނަމުގައި ކެމްޕެއިންއެއް މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ކެމްޕެއިންގ އިފްތިތާޙްކޮށްދެއްވީ، މިއަދު ހެނދުނު މޫކައި ހޮޓަލުގައި ބޭއްވުނު ‘ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ’ ޓްރެއިނިންގ ފައްޓަވައިދެއްވަމުގެ ރަސްމިއްޔާތުގައެވެ.

ކުރިމަގު ކެމްޕެއިން އިފްތިތާޙްކުރެއްވުމަށްފަހު، މިނިސްޓަރ ޒެނީޝާ ދެއްކެވި ވާހަކަފުޅުގައި، 2016 ޖޫން 22 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ވަކި ވުޒާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމަކީ ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި ދެ ޖިންސްގެ ދެމެދުގައި ހުންނަ ތަފާތުތައް ކުޑަކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހެއްކެއް ކަމަށާއި،  މިއަދު އިފްތިތާޙްކުރެވުނު ކުރިމަގު ކެމްޕެއިނަކީ އަންހެނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިކެމްޕެއިންގެ ތެރެއިން ވަކި ވަކި ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ޙާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ތަމްރީން ޕްރޮގްރާމްތައް އަދި ވަރކްޝޮޕްތައް މާލެއާއި އަތޮޅުތަކުގައި ހިންގުމަށް ޤަސްދުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިއަދު އިފްތިތާޙްކުރި ‘ކުރިމަގު’ ކެމްޕެއިންގގެ މައިގަނޑު މަޤްޞަދަކީ، ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުމާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ރޮނގުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ.

9 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *