މިނިސްޓަރ ޒެނީޝާ ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ގެ ޓްރޭނިންގ ފައްޓަވައިދެއްވައިފި

ޖެންޑަރ ފޯކަލް ޕޮއިންޓުންނަށް ކުރިއަށް ގެންދާ ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގގެ ޓްރޭނިންގ މިއަދު މިނިސްޓަރ ޒެނީޝާ ފައްޓަވައިދެއްވައިފިއެވެ. މި ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަދި ޔޫ.އެން ވިމެން އާއި ގުޅިގެން މިމަހު 9 އިން 11 އަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޖެންޑަރމެއިންސްޓްރީމް ކުރުމުގެ މަސައްކަތަކީ ޖެންޑަރ މިނިސްޓްރީއަށް މެންޑޭޓްކުރެވިފައިވާ ކަމެއްކަމުގައި ވީނަމަވެސް އެކި މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެންނޫނީ ކާމިޔާބު ކުރެވޭނެ މަސައްކަތެއް ނޫންކަމުގައި މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

މިއަދު މޫކައި ހޮޓަލުގައި ފެށުނު މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ ޔޫ.އެން ވިމެންގެ ޖީ.އާރް.ބީ ސްޕެޝަލިސްޓް، މިސް ޔާމިނީ މިޝްރާ އަދި ޔޫ.އެން ވިމެންގެ ޕްރޮޖެކްޓް އޮފިސަރ، ޑރ. ބޫމިކާ ޖަމްބް އެވެ.  ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގގެ ޓްރޭނިންގ އަކީ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި އިޤްތިޞާދީ ދާއިރާގެ ބޭނުން ކުރާނެ ގޮތާއި، މިހާރުވެސް ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނެ މަޢުލޫމާތު ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ރާއްޖޭގެ ޖެންޑަރ ފޯކަލް ޕޮއިންޓުންގެ ގޮތުގައި އައްޔަންކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ޖުމްލަ 25 ފަރާތުން ބައިވެރިވެވަޑައިގެންފައިވެއެވެ. 2015 ވަނަ އަހަރުގައި ޖެންޑަރ ފޯކަލް ޕޮއިންޓުން އައްޔަންކުރެވިފައިވަނީ، އަންހެނުންނަށް ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާއި ބެހޭ މުޢާހަދާ (ސީޑޯ) ހަރުދަނާ ގޮތުގައި ތަންފީޛްކުރުމަށާއި ދާއިރާތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ޕްރޮޖެކްޓްތައް ތައްޔާރުކުރުމުގައާއި ތަންފީޛުކޮށް ބެލެހެއްޓުމުގައި ޖެންޑަރގެ ނަޒަރިއްޔާތަކުން އެކުލަވާލުމުގެ މަޤްޞަދުގައެވެ.

ޖީ.އާރް.ބީ މުޙިއްމު އެއް މަޤްޞަދަކީ އަންހެނުންގެ ހައްޤުތައް ކުރިއެރުވުމަށާއި ރައްކާތެރިކުރުމަށް ތަސްދީޤްކުރައްވާފައިވާ މުޣާހަދާއެއް ކަމަށްވާ ސީޑޯ، ބެއިޖިންގ ޕްލެޓްފޯމް ފޮރ އެކްޝަންސް އަދި ސަސްޓެއިނެބުލް ޑިވެލޮޕްމަންޓް ގޯލްސްގައި އެއްބަސްވެފައިވާ ކަންތައްތައް އެކަށީގެންވާ ހަރުދަނާގޮތެއްގައި ތަންފީޛްކުރުމަށް އެހީތެރިވެދިނުމެވެ. 

9 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *