ސަރުކާރުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސް ޕްރޮގްރާމްތަކެއް ހިންގުމަށް އެން. ސީ. އޭ.އާއެކު މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނޭޝަނަލް ސެންޓަރ ފޮރ އާޓްސް (އެން. ސީ. އޭ.)އާއި ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސްގެ ދާއިރާއިން ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމް. އޯ. ޔޫ.) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި އެމް. އޯ. ޔޫ.ގެ ދަށުން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެން. ސީ. އޭ.އިން އާޓް…

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާރންޝިޕް ފުރުސަތު ފަހިކޮށްދިނުމަށް އަނަންތާރާ ރިސޯޓާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއެކު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ" (އެމް.އޯ.ޔޫ) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބި، މި ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިއަދު މެންދުރު އަނަންތާރާ ރިސޯޓްގައި…

2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ތާރީޚް
2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން އިތުރުކޮށްފިއެވެ. އެގޮތުން، މިއެވޯޑަށް ނަން ހުށަހެޅުމަށް މިހާރު ކަނޑައަޅާފައިވާ ސުންގަޑިއަކީ 16 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ. މިއެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ 5 ދާއިރާއަކީ؛ ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާ އިޤްތިޞާދީ ދާއިރާ އިޖްތިމާޢީ ދާއިރާ އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ ވަޒީފާދޭ…

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ތައުލީމީ ޕްރޮޤްރާމްތަކެއް ފެށުން

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ތަޢުލީމީ ޕްރޮގްރާމްތަކެއް ފަށައިފިއެވެ. 10 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މިމަރުކަޒުގައި މިވަގުތު ދިރިއުޅެމުން ދަނީ 85 ކުދިންނެވެ. މިނިސްޓްރީ އާއި މައި ކޮލެޖް ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ތެރެއިން އުމުރުން 7 އަހަރުން ފެށިގެން މަތީގެ ކުދިންގެ އިނގިރޭސި ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައި 'ޔަންގ ލަރނަރސް އިންގްލިޝް' ޕްރޮގްރާމެއް ވަނީ ފަށާފައެވެ.…

2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ހުޅުވާލައިފި

ތާރީޚް
2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިހާރުވަނީ ހުޅުވާލާފައެވެ. 2017 ވަނަ އަހަރަށް އިޢުލާން ކޮށްފައިވާ އެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ 5 ދާއިރާއަކީ؛ ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާ އިޤްތިޞާދީ ދާއިރާ އިޖްތިމާޢީ ދާއިރާ އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމްކުރުމުގެ ދާއިރާ މި އެވޯޑަށް ކުރިމަތިލުމަށް…

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ތިން އެން.ޖީ.އޯ. އަކާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން އެއްގައި ސޮއިކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2017 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ އިޖްތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް މަދަނީ ޖަމިއްޔާތަކާއެކު ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި ތިން ފަރާތަކާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމް.އޯ.ޔޫ) ގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވި މި ހަފްލާގައި، އެމް.އޯ.ޔޫ. ތަކުގައި ސޮއިކޮށްފައިވާ މަދަނީ ޖަމިއްޔާތަކަކީ، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ރިޓަޔަރީޒް…