2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން އިތުރުކޮށްފިއެވެ. އެގޮތުން، މިއެވޯޑަށް ނަން ހުށަހެޅުމަށް މިހާރު ކަނޑައަޅާފައިވާ ސުންގަޑިއަކީ 16 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ.

މިއެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ 5 ދާއިރާއަކީ؛

  • ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާ
  • އިޤްތިޞާދީ ދާއިރާ
  • އިޖްތިމާޢީ ދާއިރާ
  • އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
  • ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމްކުރުމުގެ ދާއިރާ

މި އެވޯޑަށް ކުރިމަތިލުމަށް އެދި އާންމު ފަރާތްތަކާއި، މުއައްސަސާތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ނަން ހުށަހެޅޭނެއެވެ. މި އެވޯޑަށް ކުރިމަތިލާނެ އިތުރު ގޮތުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv/en ލިބޭނެއެވެ.

ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ދޭ ޚާއްޞަ އެވޯޑެކެވެ. އަދި މި އެވޯޑު މިހާތަނަށް 14 ކަނބަލަކަށް ވަނީ ލިބިފައެވެ.

03 ޖަނަވަރީ 2017

Leave a Reply

Your email address will not be published. Required fields are marked *