ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ތައުލީމީ ޕްރޮޤްރާމްތަކެއް ފެށުން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ތަޢުލީމީ ޕްރޮގްރާމްތަކެއް ފަށައިފިއެވެ. 10 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މިމަރުކަޒުގައި މިވަގުތު ދިރިއުޅެމުން ދަނީ 85 ކުދިންނެވެ.

މިނިސްޓްރީ އާއި މައި ކޮލެޖް ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ތެރެއިން އުމުރުން 7 އަހަރުން ފެށިގެން މަތީގެ ކުދިންގެ އިނގިރޭސި ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައި ‘ޔަންގ ލަރނަރސް އިންގްލިޝް’ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ހިންގުމަށް އެލައިޑް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑްއިން ވަނީ މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މީގެ އިތުރުން، މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒާ ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ 3 އަހަރުން މަތީގެ ކުދިންނަށް ޤުރުޢާން އަދި އިސްލާމް ކްލާސްތައްވެސް ވަނީ މިހަފްތާގައި ފަށާފައެވެ.

މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ތަޢުލީމީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް މިނިސްޓްރީއިން ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބިނާކުރުމަށްޓަކާ އެކި ފުރުސަތުތައް ކުދިންނަށް ހޯދައިދިނުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ކުރިއަށްގެންދަން ގަސްދުކުރަމެވެ.

20 ޑިސެންބަރު 2016

Leave a Reply

Your email address will not be published. Required fields are marked *