ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ގަރލްސް ލީޑް އިނީޝިއަޓިވް”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި
ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން "ގަރލްސް ލީޑް އިނީޝިއޭޓިވް"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މި މަހުގެ 5އިން 11އަށް ކުރިއަށް ގެންގޮސްފިއެވެ. އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށް ވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކުރި ހަ ދުވަހުގެ މި ޕްރޮގްރާމްގެ ތެރޭގައި އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާއި، އަންހެން ކުދިންގެ ޞިއްޙަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ…
ތަޢުލީމީ ދާއިރާއިން އަންހެން ކުދިން ހޯދަމުން ދާ ކާމިޔާބީތައް ވަޒީފާގެ މައިދާނުން ވެސް ފެންނަންވާނެކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރާ ކަމަށާއި، މި ކާމިޔާބީތައް ވަޒީފާގެ މައިދާނުން ވެސް ފެންނަންވާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ތަޢުލީމާއި، ކުޅިވަރާއި އެ ނޫން…
ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)ގެ ދަށުން ދިވެހިރާއްޖޭން ހުށަހަޅަން ޖެހޭ ‘އިނީޝިއަލް ރިޕޯޓު’ އދ.އަށް ހުށަހަޅައިފި
ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)ގެ ދަށުން 05 މެއި 2012ގައި ދިވެހިރާއްޖޭން ހުށަހަޅަން ޖެހޭ 'އިނީޝިއަލް ރިޕޯޓު'، އދ.ގެ ކޮމިޓީ އޮން ޕަރސަންސް ވިތް ޑިސްއެބިލިޓީއަށް ސަރުކާރުން މިއަދު ހުށަހަޅައިފިއެވެ. މި ރިޕޯޓަކީ މުއާހަދާގައި ބަޔާންކުރާ ޙައްޤުތަކުގެ ޙާލަތު ދިވެހިރާއްޖޭގައި އޮތް ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނުތަކާއި ގަވާއިދުތައް، އަދި ސިޔާސަތުތައް ތަންފީޛުކުރެވެމުން ދާ މިންވަރާއި،…
ދޮށީ އުމުރުގެ މީހުންގެ ޢިލްމާއި، ހުނަރު އަދި ތަޖުރިބާ މިއަދު ވެސް ޤައުމުގެ ކުރިއެރުމަށް ބޭނުން – މިނިސްޓަރ ޒެނީޝާ
ދޮށީ އުމުރުގެ މީހުންނަކީ ޤައުމު ބިނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބައެއްކަމަށާއި، އެ ފަރާތްތަކުގެ ޢިލްމާއި، ހުނަރު އަދި ތަޖުރިބާ މިއަދު ވެސް ޤައުމުގެ ކުރިއެރުމަށް ބޭނުންކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި މިއަދު ދެއްވި ޚިޠާބުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް، ދޮށީ އުމުރުގެ މީހުންގެ…
ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ގާއިމުކޮށްފި
ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މެޑިކަލް ޔުނިޓެއް ގާއިމުކޮށްފިއެވެ. މެޑިކަލް ޔުނިޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި މިއަދު ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީ، އެ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ސަރުކާރުން ޚާއްޞަ…
ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރުނބާ މޯލްޑިވްސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ ރިޒައިދް މަޖުސްކީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ލީޝާ މުޙައްމަދުއެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގެ…