އޮކްޓޫބަރ 2023 ގައި މި ވުޒާރާއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އޮކްޓޫބަރ 2023 ގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއަށް ވަނީ ޖުމްލަ 205 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ އޮކްޓޫބަރ އޮކްޓޫބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 25 މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.
  • މީގެ އިތުރުން، ޖިސްމާނީ އަނިޔާގެ 19 މައްސަލަ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އޮކްޓޫބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ހުށަހެޅިފައިވެއެވެ.

  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. މިބާވަތުގެ 16 މައްސަލަ ވަނީ ހުށަހެޅިފައެވެ.
  • މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 15 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

 

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލައެއް އޮކްޓޫބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ހުށަހަޅާފައިވެއެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ، ހަޟާނާތުގެ 5 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 5 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 21 މައްސަލަ އޮކްޓޫބަރ މަހު މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ އޮކްޓޫބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
  • މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 14 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 3 މައްސަލަ ހިމެނެއެވެ.

 

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 2 މައްސަލައެއް އޮކްޓޫބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 15 މައްސަލައެއް އޮކްޓޫބަރ މަހު ވަނީ ހުށަހަޅާފައެވެ.
  • އެގޮތުން ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ5 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ 3 މައްސަލަ އަދި ސުލޫކީ މައްސަލައިގެ 3 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • އޮކްޓޫބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ.
  • އޮކްޓޫބަރ މަހުގައި ދައުލަތަށް އަލަށް 4 ކުއްޖަކު ނެގިފައިވާއިރު، 3 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޮސްޓަރކުރެވުނެވެ.

 

15 ޖުމާދުލްއޫލާ 1445

29 ނޮވެންބަރ 2023