ނޮވެމްބަރ2023 ގައި ވުޒާރާއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ނޮވެމްބަރ2023 ގައި މި ވުޒާރާއަށް ވަނީ ޖުމްލަ 302 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ ނޮވެމްބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 16 މައްސަލަ ވަނީ ހުށަހެޅިފައެވެ.
  • ހަމަމިއާއިއެކު، އިހުމާލުގެ 23 މައްސަލަ އާއި އާއި ޖިސްމާނީ އަނިޔާގެ 20 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 15 މައްސަލަ ހިމެނެއެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 5 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ 3 މައްސަލަ، ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 1 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ކުރުމުގެ 1 މައްސަލަ، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ،  އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހިމެނެއެވެ.
  • މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 5 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ ނޮވެމްބަރމަހުގެ ތެރޭގައި ވުޒާރާއަށް ހުށަހެޅިފައިވެއެވެ.

  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން، މިބާވަތުގެ 25 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 17 މައްސަލަ އާއި ޖިންސީ އަނިޔާގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ އަދި ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 30 މައްސަލައެއް ނޮވެމްބަރމަހުގެ ތެރޭގައި ވުޒާރާއަށް ހުށަހަޅާފައިވެއެވެ.

 މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 12 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 8 މައްސަލައާއި ހަޟާނާތުގެ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 4 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 45 މައްސަލަ ނޮވެމްބަރމަހު ވުޒާރާއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ނޮވެމްބަރމަހުގެ ތެރޭގައި ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
  • މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 71 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 2 މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 3 މައްސަލައެއް ނޮވެމްބަރމަހުގެ ތެރޭގައި ވުޒާރާއަސް ހުށަހެޅި އެޓެންޑްކޮށްފައިވެއެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 22 މައްސަލައެއް ނޮވެމްބަރމަހު ވަނީ ހުށަހަޅާފައެވެ.
  • އެގޮތުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 6 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ސުލޫކީ މައްސަލައިގެ 4 މައްސަލަ، ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ އަދި  އެހެން ކުދިންނަށް ގަނާ ކުރުމުގެ 3 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

  • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 3 މައްސަލައެއް ނޮވެމްބަރމަހު ވުޒާރާއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލަ ހުށަހެޅި އެޓެންޑް ކުރެވިފައިވެއެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ނޮވެމްބަރމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ.
  • ނޮވެމްބަރ މަހުގައި ދައުލަތަށް އަލަށް 2 ކުއްޖަކު ނެގިފައިވާއިރު، 2 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.

 

18 ޖުމާދުލްއާޚިރު 1445

31 ޑިސެންބަރ 2023