ތާރީޚް 08/03/2017

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްސާއެއް އޮވެ، ޤައުމާއި މުޖުތަމަޢުއަށް ބޮޑެތި ލާބަ އާއި މަންފާ ލިބޭ ޙިދުމަތްކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 4 ބޭފުޅަކަށް ރެހެންދި އެވޯޑް ދެއްވައިފިއެވެ. ދަރުބާރުގޭގެ ރަންނަބަންޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ޙާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ އެކަނބަލުންނަށް ރެހެންދި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. އަދި އެވޯޑް ހާސިލްކުރައްވާފައިވާ ފަރާތްތަކަށް ޝަރަފުގެ ބްރޫޗެއް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ…