ތާރީޚް 09/08/2017

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާ 18 އަހަރާ ދެމެދުގެ 59 ކުދިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމްކޮށްގެން ހިންގާ "ވީކްއެންޑް ވިތު އެމް.އެން.ޑީ.އެފް" ލީޑަރޝިޕް ކޭމްޕްގައި ބައިވެރިވެއްޖެއެވެ. ގިރިފުށި ޓްރެއިނިންގ ސެންޓަރގައި މިދިޔަ ހަފްތާ ބަންދުގެތެރޭގައި ހިންގި މިޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި އެމް.އެން.ޑީ.އެފްގެ…