މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ 219 ފުލުހަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕްލިސް ސަރވިސަސް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ފްރަންޓްލައިން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަކޮށްފިއެވެ. މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އީކުއާލިޓީ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުވައި، އަދި ފުލުހުންގެ މެދުގައި މިބާވަތުގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ…

ކުޑަކުދިންގެ ހިޔާގެ 59 ކުދިން ލީޑަރޝިޕް ކޭމްޕް ފުރިހަމަކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާ 18 އަހަރާ ދެމެދުގެ 59 ކުދިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމްކޮށްގެން ހިންގާ "ވީކްއެންޑް ވިތު އެމް.އެން.ޑީ.އެފް" ލީޑަރޝިޕް ކޭމްޕްގައި ބައިވެރިވެއްޖެއެވެ. ގިރިފުށި ޓްރެއިނިންގ ސެންޓަރގައި މިދިޔަ ހަފްތާ ބަންދުގެތެރޭގައި ހިންގި މިޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި އެމް.އެން.ޑީ.އެފްގެ…

ނ.މާޅެންދޫގައި ކުއްޖަކު އަމިއްލައަށް މަރުވިކަމަށް ބުނެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލައާ ގުޅޭ ނޫސް ބަޔާން

ތާރީޚް
ނ. މާޅެންދޫގައި 11 އަހަރުގެ ފިރިހެން ކުއްޖަކު އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ މިއަދު 14:15ގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަނީ މައްސަލައެއް ރިޕޯޓްކޮށްފައެވެ. މި ހިތާމަވެރި ހާދިސާއަށް ނިސްބަތްވާ ކުއްޖާގެ އެއްވެސް މައްސަލައެއް މީގެ ކުރިން މިމިނިސްޓްރީގެ ދަށުން ނ. އަތޮޅުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރ (އެފް. ސީ. އެސް. ސީ) އަށް އަދި މި މިނިސްޓްރީއަށްވެސް ހުށަހަޅާފައެއް ނުވެއެވެ. މިއަދު މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ނ. އަތޮޅު…

އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ހދ.ކުޅުދުއްފުށީގެ 680 ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ސެޝަންތަކެއް ހިންގައިފި

ތާރީޚް
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވަމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމަށް ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 333 ކުދިންނަށާއި، އަފީފުއްދީން ސްކޫލްގެ  267ކުދިންނަށާއި، ޖަލާލުއްދީން ސްކޫލްގެ 80 ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ. މިމަހުގެ ތެރޭގައި 3 ދުވަހަށް ހދ.ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ 13 ސެޝަން މެދުވެރުކޮށް ގްރޭޑް 4، 5، 6، 7 އަދި 8 ގެ ޖުމްލަ 680 ކުދިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.…

އައްޑޫ ސިޓީއަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ތާރީޚް
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން، އައްޑޫ ސިޓީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާމެދު ސެންޓަރުގެ މުވައްޒަފުންނާ ވަނީ މަޝްވަރާކުރައްވާފައެވެ.   މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު…

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ “ރަންވޭލާ” ކެމްޕެއިންގެ ޕްރޮގްރާމްތައް ޅ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި

ތާރީޚް
ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް ޅ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ. "ރަންވޭލާ" ކެމްޕެއިންގެ ދަށުން މިނިސްޓްރީއިން ޅ.އަތޮޅުގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކާ ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދޮށީ އުމުރުގެ މީހުންނަށް ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވި އުމުރުން 65 އަހަރުން މަތީގެ 178 މީހުންގެ ހަކުރު، ބްލަޑް ޕްރެޝަރ، އަދި "ބޮޑީ…