މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ޔުނިސެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން 1412 ޗައިލްޑް ހެލްޕްލައިންގެ ކޯލްސެންޓަރަކާއި އަހަން ކެމްޕެއިންގެ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާޙްކޮށްފި

ތާރީޚް
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ރިޕޯޓްކުރުމަށް ހިލޭ ގުޅޭ ނަންބަރު "1412" އަށް ކޯލް ސެންޓަރެއް ޤާއިމްކޮށް، މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް "އަހަން" ކެމްޕެއިންގެ މޯބައިލް އެޕްލިކޭޝަން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، ޔުނިސެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ. މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިޚިދުމަތްތައް އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އާއި ޔުނިސެފްގެ ރީޖަނަލް…

ކުޑަކުދިންގެ ހިޔާގެ 27 ކުދިން ލީޑަރޝިޕް ޑެވެލޮޕްމަންޓް ޕްރޮގްރާމެއް ފުރިހަމަކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން 06 އިން 08 ޖުލައި 2017 އަށް ކުރިއަށްގެންދިޔަ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމާލައިފިއެވެ. ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 13 އަހަރުން މަތީގެ 27 ކުދިން ބައިވެރިވި މިޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ…

ޖޫން 2017 ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ތާރީޚް
ޖޫން 2017 ގައި ޖުމްލަ 162 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 83 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ޖޫން 2017 ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 51 އިންސައްތައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 28 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ…

މިނިސްޓްރީ އާއި އެމް. އެން. ޑީ. އެފް. ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކުރިއަށްގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ސެމިސްޓަރގެ މަސައްކަތްތައް ހުށަހަޅައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް. އެން. ޑީ. އެފް) ގުޅިގެން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ކުރިއަށްގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ސެމިސްޓަރގައި އެކުދިން ކޮށްފައިވާ މަސައްކަތްތައް ހުށަހަޅައިފިއެވެ. އެކުދިންގެ މަސައްކަތްތައް ހުށަހެޅުމަށް އިއްޔެ ކުޑަކުދިންގެ ހިޔާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އާއި އެމް. އެން. ޑީ.…

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފި

ތާރީޚް
އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނާއެކު މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންގެ ކާރޓޫން ފިލްމް" ކާޒް 3" ގެ ޚާއްޞަ ޝޯއެއް ޝްވެކް ސިނަމާގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވަނީ އެ ކުދިންނާއެކު މިއަދު އެ ޝޯ ބައްލަވައިލައްވާފައެވެ. މިހަރަކާތުގައި،…

މެއި 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ތާރީޚް
މެއި 2017ގައި ޖުމްލަ 239 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.    ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 118 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، މެއި 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 49 އިންސައްތައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 36 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ކުޑަކުދިންނަށް ކުރާ…