ތާރީޚް 01/10/2017

ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ރައްކާތެރިކަމާއި ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދައި، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއްގައި ޒިންމާދާރު މެންބަރުންގެ ގޮތުގައި ފާގަތި ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވާލި ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު މިއަދު އިފުތިތާހުކޮށްފިއެވެ. ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ސިޔާސަތު އިފުތިތާހުކޮށްދެއްވީ…