މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފި

ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ހިންގާ ރަންވޭލާ ކެމްޕޭނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމް.އޯ.ޔޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒް ސުޖާތާ ޙަލީމެވެ. މި އެމް.އޯ.ޔޫގައި ސޮއިކޮށްފައި ވަނީ ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި ޖަލްސާގައެވެ.

ރަންވޭލާ ކެމްޕޭނަކީ އާއިލާއާއި މުޖުތަމަޢުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ލިބެންޖެހޭ އަޅާލުމާއި އެހީތެރިކަން އިތުރުކުރުމާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް 14 އޮގަސްޓް 2016 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފުތިތާހުކޮށް ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ޚާއްޞަ ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ސެޝަންތަކެއް ރާއްޖޭގެ 3 އަތޮޅެއްގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

11 މުޙައްރަމް 1439

01 އޮކްޓޫބަރު 2017

Leave a Reply

Your email address will not be published. Required fields are marked *