ތާރީޚް 20/09/2018

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މެޑިކަލް ޔުނިޓެއް ގާއިމުކޮށްފިއެވެ. މެޑިކަލް ޔުނިޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި މިއަދު ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީ، އެ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ސަރުކާރުން ޚާއްޞަ…