އެޕްރީލް 2022 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އެޕްރީލް 2022ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލަ އެޕްރީލް މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިކައިގެ 29 މައްސަލަ، އިހުމާލުވުމުގެ 16 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ބިރުދެއްކުމުގެ 7 މައްސަލަ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ، ފާރަލުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ 21 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 4 މައްސަލަ އެޕްރީލްމަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • އެއީ ސާފު ބޯފެނާއި/ ކަރަންޓްގެ ޙިދުމަތް ކަނޑާލުމުގެ 4 މައްސަލައެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 4 މައްސަލަ އެޕްރީލްމަހު ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން/ ރުޅި ގަދަވެގެން އުޅުމުގެ 2 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ޤާނޫނާ ގަވައިދާ ޚިލާފުވުން

  • ޤާނޫނާ ގަވައިދާ ޚިލާފުވުމުގެ 3 މައްސަލަ އެޕްރިލްމަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • އެޕްރީލްމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 201 އެވެ.
  • އެޕްރީލް މަހުގައި 3 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވޭ އަދި 2 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.

 

25 ޝައްވާލް 1443

26 މެއި 2022

Leave a Reply

Your email address will not be published. Required fields are marked *