ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް މަޝްރޫޢުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އަދި ޖަޕާން ސަރުކާރުން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތާރީޚް
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ "ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢު ކުރިއަށްގެންދިއުމަށް އެ ބޭންކުން ދޭ 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ޖަޕާނު ސަރުކާރުން ދޭ 2.5 މިލިއަން ޑޮލަރުގެ ފަންނީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.  މި…

“ގެވެށި ގުޅުން” ކެންޕެއިންގެ މަޖައްލާ “ސާސްތުރަ” ގެ އޯޑިއޯ ވަރޝަން، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް އަދި ވީޑިއޯ ލަވަ އިފްތިތާހް ކޮށްފި

ތާރީޚް
"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ތައްޔާރުކޮށްފައިވާ "ސާސްތުރަ" މަޖައްލާގެ އޯޑިއޯ ވަރޝަން، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް އަދި ވީޑިއޯ ލަވަ އިފްތިތާހް ކޮށްފިއެވެ. "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ މި އުފެއްދުންތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ،  މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު…

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ”ހައިލެވެލް ސްޓިއަރިންގ ކޮމިޓީ“ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ތާރީޚް
2016 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ދަށުން އެކުލަވައިލައިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ ”ހައިލެވެލް ސްޓިއަރިންގ ކޮމިޓީ“ ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި މި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފިއެވެ. ”ހައިލެވެލް ސްޓިއަރިންގ ކޮމިޓީ“ގެ ރިޔާސަތުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އަދި މި…

މިނިސްޓްރީ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ‘ރިވެލި ފޯރަމް 2022’ ބާއްވައިފި

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަފާތު ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމާއި އެފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެތުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން 'ރިވެލި ފޯރަމް 2022' ބާއްވައިފިއެވެ. އެއް ދުވަހުގެ މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ.   ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް،…

ރިވެލި މަޢުރަޒު 2022 ހުޅުވައިފި

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްފައިވާ ރިވެލި މައުރަޒު ހުޅުވައިފިއެވެ. މިކަމަށް މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާއި، މައުރަޒު ހުޅުއްވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. އަރިހުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް ހުށަހަޅާފައިވަނީ…

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގައި “ޗައިލްޑް ކެއަރ ސްޕޭސް” ޤާއިމުކުރުން

ތާރީޚް
ވަޒީފާއަދާކުރާ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ވަޒީފާއަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދަޢުލަތުގެ އެކި އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް މިއަދު ޤާއިމުކޮށްފިއެވެ. ވަޒީފާއަދާކުރާ ތަނުގައި ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ތަނެއް ޤާއިމުކޮށް ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ދަށުން ކުރަންފެށި މަސައްކަތެކެވެ. މިގޮތުން…
1 3 4 5 6 7 54