“ގެވެށި ގުޅުން” ކެންޕެއިންގެ މަޖައްލާ “ސާސްތުރަ” ގެ އޯޑިއޯ ވަރޝަން، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް އަދި ވީޑިއޯ ލަވަ އިފްތިތާހް ކޮށްފި

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ތައްޔާރުކޮށްފައިވާ “ސާސްތުރަ” މަޖައްލާގެ އޯޑިއޯ ވަރޝަން، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް އަދި ވީޑިއޯ ލަވަ އިފްތިތާހް ކޮށްފިއެވެ. “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ މި އުފެއްދުންތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ،  މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ޖީހާން މަޙުމޫދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން މިއަދު އިފްތިތާހް ކުރެވުނު މަޖައްލާގެ އޯޑިއޯ ވަރޝަންއަކީ 2022 ފެބުރުވަރީ 22 ވަނަ ދުވަހު ޝާއިޢުކުރި “ސާސްތުރަ” މަޖައްލާގެ އޯޑިއޯ ވަރޝަންއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒްއަކީ 6 އަހަރުން މަތީގެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒްގައި ޖުމްލަ 6 ފޮތް ހިމެނެއެވެ. މި ވާހަކަފޮތް ސީރީޒްއަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އެސްކޫލެއްގެ އާބަދީގެ ނިސްބަތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ފޮތްތަކެކެވެ. އަދި މިއަދު ލޯންޗްކުރެވުނު ވީޑިއޯ ލަވައަކީ ޢާއިލީ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލަވައެކެވެ.

މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ޙަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

5 ޖުމާދަލްޢޫލާ 1444

29 ނޮވެންބަރު 2022

 

ގެވެށި ގުޅުން ކެންޕެއިންގެދަށުން ތައްޔާރުކުރި ލަވަ “މަގޭ ލޮބުވެތި ގެ

Leave a Reply

Your email address will not be published. Required fields are marked *