މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ހިންގުން

ތާރީޚް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް ސަރވިސަސްއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހިންގާ ކުޑަކުދިން ބަލަހައްޓާ ދެ މަރުކަޒު ކަމުގައިވާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން  ހެލްތް ސްކްރީނިންގް ޕްރޮގްރާމެއް ހިންގައިފިއެވެ. މި ހެލްތް ސްކްރީނިންގ ޕްރޮގްރާމަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށާއި އެކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ސިއްޙީ ފަރުވާ އަދި އަޅާލުން އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީއިން ކުރަމުންދާ…

ފިޔަވަތީގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮޤްރާމްތަކެއް ފެށުން

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. 9 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މިމަރުކަޒުގައި މިވަގުތު ދިރިއުޅެމުން ދަނީ 85 ކުދިންނެވެ. މިނިސްޓްރީ އާއި ބާސްކެޓްބޯލް ސްޓާޒް އެކަޑެމީ ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ 6 އަހަރުން މަތީގެ ހުރިހާ ކުދިންނަަށް ގަވާއިދުން ބާސްކެޓްބޯޅަ ތަމްރީންތައް ވަނީ ފަށާފައެވެ. އަދި، މިނިސްޓްރީ އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް…

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތްތަކެއް ބާއްވައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވުނު މި ހަރަކާތްތަކުގައި ސްރިލާންކާގެ ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި ދިވެހިރާއްޖޭގެ ޤައުމީ ޓީމްގެ ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ސްވިމިންގ އިންސްޓްރަކްޓަރުންގެ އެހީތެރިކަމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާއިލާތަކަށްވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، ކޮންމެ…

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރިލަންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުން ރާއްޖެ ވަޑައިގެންފި.

ތާރީޚް
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރިލާންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި 1 އޮފިޝަލަކު، ރާއްޖެ ވަޑައިގެންފިއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ ސްރިލާންކާގެ ޕެރަ-ސްވިމިން ޗެމްޕިއަނުންނަކީ ސްރީލަންކާގެ ސިފައިންގެ ހިދުމަތުގައި އުޅުއްވަނިކޮށް، އެކި ސަބަބުތަކާހުރެ ލިބިފައިވާ ޒަހަމްތަކާ ގުޅިގެން ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ 3 ބޭފުޅުންނެވެ. މި ހާދިސާތަކަށްފަހުވެސް، މި ބޭފުޅުންނަކީ ސްރީލަންކާގައި ގައުމީ ފެންވަރުގައި…

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖެންޑަރ މިނިސްޓްރީ އާއި ސްޕޮންސަރުންނާއި އެކު އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފި

ތާރީޚް
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޖެންޑަރ ސްޕޮންސަރުންނާއި އެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންސ (އެމް.އޯ.ޔޫ) ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ހަފްލާގައ�� މިނިސްޓްރީއާއިއެ އެކު އެމް.އޯ.ޔޫ ތަކުގައި ސޮކޮށްފައިވަނީ މެގާ ގްލޯބަލް އެއަރ ސަރވިސް، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން، ނިއު ލެގޫންސް، ސީ ސްޕޯޓްސް، ޕްރިންޓް ލެބް، ނެކްސްޓް އިނޮވޭޝަން، އަދި ޕަރސަނަލް ކޮމްޕިއުޓަރސް…

ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރަންޖެހޭ

ތާރީޚް
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން "ރަންވޭލާ" ކެމްޕެއިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ލ.އަތޮޅު ގަން އަދި ފޮނަދޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން  ހިންގައިފިއެވެ. މުޖުތަމަޢުގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަކެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ބޭއްވުން މިސެކްޝަންތަކުގައި 100 އަށް ވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ. ލ.އަތޮޅުގައި މިނިސްޓްރީއިން ކުރިއަށްގެންދިޔަ "ރަންވެލާ"…