ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖެންޑަރ މިނިސްޓްރީ އާއި ސްޕޮންސަރުންނާއި އެކު އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޖެންޑަރ ސްޕޮންސަރުންނާއި އެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންސ (އެމް.އޯ.ޔޫ) ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ހަފްލާގައ�� މިނިސްޓްރީއާއިއެ އެކު އެމް.އޯ.ޔޫ ތަކުގައި ސޮކޮށްފައިވަނީ މެގާ ގްލޯބަލް އެއަރ ސަރވިސް، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން، ނިއު ލެގޫންސް، ސީ ސްޕޯޓްސް، ޕްރިންޓް ލެބް، ނެކްސްޓް އިނޮވޭޝަން، އަދި ޕަރސަނަލް ކޮމްޕިއުޓަރސް ހިމެނެއެވެއެވެ. އަދި މީގެ އިތުރުން މިދުވަސް ފާހަގަ ކުރުމުގެގޮތުން މިނިސްޓްރީއައި އެކު ޕާރޓްނަރުންގެ ގޮތުގައި ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީ އެމްބަސީ، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، އަދި ޕަބްލިކް ސަރވިސް މީޑިޔާވެސް ހިމެނެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހަކީ 03 ޑިސެންބަރު 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އދ. އިން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިއަހަރުގެ ޝިއާރަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑު ދަނޑިތައް ހާސިލުކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމެވެ. މިމަގްސަދު ހަސިލުކުރުމަށް މިނިސްޓްރީއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިއަހަރުގެ މިދުވަސް ފާހަގަ ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ މޫދުގެ ކުޅިވަރުތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްރީލަންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުން ރާއްޖޭގެ ޤައުމީ ފެތުންތެރިންނާއި އެކު ހާއްސަ ޗެލެންޖެއްގައިވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރު 2016 ގެ 1545ގައި އާޓިފިޝަލް ބީޗް ގައެވެ

1  ޑިސެންބަރު 2016

Leave a Reply

Your email address will not be published. Required fields are marked *