ތާރީޚް 23/04/2017

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންއާ ގުޅިގެން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ "ފިޔަވަތި"ގެ ކެއަރވަރކަރުންނަށް "ޕޮސިޓިވް ޕޭރަންޓިންގ" ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މިޕްރޮގްރާމް ނިންމާލުމުގެގޮތުން ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީންގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކުރެވިފައެވެ. ފިޔަވަތީގެ 12 ކެއަރވަރކަރުންނަށް ހިންގި މި ތަމްރީން ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާ ބައިތަކުގެތެރޭގައި "ކުދިން ހެދިބޮޑުވުމާއި، އެކުދިންގެ ބޭނުންތަކާއި ހައްޤުތައް"، "ކުދިން ހެދިބޮޑުވުމުގައި އަންނަ ތަފާތު މަރުހަލާތައް"، "ކުދިންނާއި މުޢާމަލާތު ކުރުން"،…