ކުޑަކުދިން ރައްކާތެރި ކުރުމުގެ ނިޒާމް ނުވަތަ ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް ކިޔަނީ ކޮންކަމަކަށް؟

ތާރީޚް
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކުމެ އެންމެ ބޮޑަށް އަޑުއިވިގެންދާ ބަހަކީ ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމް ހަރުދަނާކުރުމުގެ ވާހަކައެވެ. 2019 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 20 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) ގައިވެސް ބާރު އެޅިފައިވާ މި ސިސްޓަމްއަކީ ކޮބައިކަން މިއަދު ދަނެގަންނަން އެބަޖެހެއެވެ. މި ސިސްޓަމްއަކީ ދަޢުލަތްބާއެވެ؟ މީހެއްބާއެވެ؟ ނުވަތަ ކަމާއި ގުޅުން ހުރި…

މިއަހަރު ރެހެންދި އެވޯޑަށް ހޮވިވަޑައިގެންނެވި ބޭފުޅުން އިޢުލާން ކުރުން

ތާރީޚް
  ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ…

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވައިފި

ތާރީޚް
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރް)ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅު ދައްކަވައިފިއެވެ.   މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީގެ ވާހަކަފުޅު ބިނާކޮށްފައިވަނީ މުޖުތަމަޢުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ދިވެހިރާއްޖެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ޙާސިލުކޮށްފައިވާ ކާމިޔާބީއާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނެވެ.   މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ ހަމަހަމަކަން ޤާއިމު ކުރުމާއި، ހަމަހަމަ އުޞޫލެއްގެ މަތިން ހުރިހާ ފަރާތްތަކެއްގެ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް،…

“ކޮންވަރސް ވިތް މިނިސްޓަރ” މި ޙަރަކާތަކީ އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް – މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ތާރީޚް
"ކޮންވަރސް ވިތް މިނިސްޓަރ" މި ހަރަކާތަކީ އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ "ކޮންވަރސް…

ކޮވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެ

ތާރީޚް
ކޮވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވެފައިވަނީ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯރތް ވަރލްޑް ކޮންފަރެންސް އޮން ވިމެން"އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން…

ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި–ލެވެލް އިވެންޓް “ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސަސް”ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

ތާރީޚް
ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި-ލެވެލް އިވެންޓް "ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ. މި އިވެންޓަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި، ޖިންސީ އަނިޔާއިން ރައްކާތެރިވުމާއި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރިއަށް އޮތް 12 މަހަށް ރާވާފައިހުރި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާ…