ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި–ލެވެލް އިވެންޓް “ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސަސް”ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި-ލެވެލް އިވެންޓް “ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި، ޖިންސީ އަނިޔާއިން ރައްކާތެރިވުމާއި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރިއަށް އޮތް 12 މަހަށް ރާވާފައިހުރި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު އިވެންޓެކެވެ.

މި އިވެންޓްގައި 2019 ވަނަ އަހަރު އޯސްލޯގައި، ބޭއްވުނު “އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް” ކޮންފަރެންސްގައި ނިންމި ނިންމުންތައް ގައުމުތަކުން ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކޮށްފައިވެއެވެ.  

Leave a Reply

Your email address will not be published. Required fields are marked *