ޑިސެންބަރ 2023 ގައި މި ވުޒާރާއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޑިސެންބަރ 2023 ގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއަށް ވަނީ ޖުމްލަ 199 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 76 މައްސަލަ ޑިސެންބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 26 މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.
  • މީގެ އިތުރުން، ޖިންސީ އަނިޔާގެ 14 މައްސަލަ، އިހުމާލުގެ 11 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރަ ލިބުމުގެ 10 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ އެހެނިހެން 1 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލަ ޑިސެންބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ހުށަހެޅިފައިވެއެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. މިބާވަތުގެ 18 މައްސަލަ ވަނީ ހުށަހެޅިފައެވެ.
  • މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 16 މައްސަލައެއް ޑިސެންބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ހުށަހަޅާފައިވެއެވެ.

 މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 9 މައްސަލަ އަދި ކުދިންނާއި ބައްދަލު ކުރުމުގައި ޖެހޭ 7 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ ޑިސެންބަރ މަހު މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ ޑިސެންބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.
  • މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 19 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 3 މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 2 މައްސަލައެއް ޑިސެންބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 20 މައްސަލައެއް ޑިސެންބަރ މަހު ވަނީ ހުށަހަޅާފައެވެ.
  • އެގޮތުން ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ، ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ4 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، ސުލޫކީ މައްސަލައިގެ 3 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 2 މައްސަލަ ވަނީ ހުށަހަޅާފައެވެ.
  • މީގެ އިތުރުން އަޚުލާޤީ މައްސަލަތަކުގެ އެހެނިހެން 2 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ޑިސެންބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 159 އެވެ. ދައުލަތަށް އަލަށް 2 ކުއްޖަކު ނެގިފައިވާއިރު، 5 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 2 ކުއްޖަކު ފޮސްޓަރކުރެވުނެވެ.