ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހުނަރު ދަސްކޮށްދިނުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހިލްޓަންގެ 3 ރިސޯޓާއިއެކު ފަހުމްނާމާގައި ސޮއިކުރުން
ޢާމްދަނީ ލިބޭނެ މަސައްކަތެއް ނުވަތަ ވަޒީފާގެ ފުރުޞަތަކީ އެންމެ ބޭނުންތެރި އަދި އެކަމަށް ވަރަށް ގިނަ ޢާއިލާތަކާ އަދި ވަކިވަކި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް އެދެމުންދާ އެއްކަމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އިޖުތިމާޢީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމުގެ މަޤުޞަދުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓު ކަމުގައިވާ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި…
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން މިމިނިސްޓްރީގެ ސޯޝަލް ވޯކަރުން ނުވަތަ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާގޮތަށް ޚަބަރު ފަތުރަމުން ދިއުމާއި ގުޅޭ
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން މިމިނިސްޓްރީގެ ސޯޝަލް ވޯކަރުން ނުވަތަ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާގޮތަށް ޚަބަރު ފަތުރަމުންދާތީ ދަންނަވަމަވެ. އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަކީ އިޖްތިމާޢީ ތަފާތު މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފުން ހިމެނޭ ފަންނީ ޚިދުމަތެކެވެ. އިޖްތިމާޢީ ޚިދުމަތްތެރިން ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދި…
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި އަންހެނުންނަށް އަރިސްކުރަމެވެ. މިދުވަހަކީ، އަންހެނުންގެ ދައުރާއި ކާމިޔާބީތައް ދެނެގަނެ އެކަންކަން ފާހަގަކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ހުރި ގޮންޖެހުންތަކާއި މިންތީގެ ފަރަޤު ކުޑަކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި، އެކި ދާއިރާތަކުގައި އަންހެނުންގެ އަގު ވަޒަންކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ހުރި ގޮންޖެހުންތަކާއި ކުރަންހުރި މަސައްކަތްތައް ފާހަގަކުރުމަށް، ކޮންމެ އަހަރަކު ވެސް އ.ދ. އިން ޚާއްސަ ޝިޢާރެއް…
ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުން އަދި މުވައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅޭ
ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަރުކަޒު ލޮކްޑައުންކުރަން ނިންމައި، 23 އޮކްޓޯބަރ 2021 ހޮނިހިރުދުވަހުގެ އިރުއޮއްސި 6 ން ފެށިގެން، މަރުކަޒަށް މީހުން ވަދެ ނިކުމެއުޅުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. މީގެ އިތުރުން މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ޚިދުމަތްތެރިންގެ ޓީމުން ގެންދަނީ…
ނޫސް ބަޔާން
19 އޮކްޓޫބަރު 2021 ވީ އަންގާރަ ދުވަހު އެމްވީ ކްރައިސިސްއިން ސޯޝަލް މީޑިއާގައި މިނިސްޓްރީން ލިބިފައިވާ މަޢުލޫމާތެއްކަމަށް ބުނެ ކޮށްފައިވާ ޕޯސްޓްއާ ގުޅޭގޮތުން ދަންނަވަމެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވާ ފަދަ މަޢުލޫމާތެއް މި މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވާނެއެވެ. މިކަން އެންމެހާ ފަރާތްތަކަށް ސާފުކޮށް ދިނުމުގެ ގޮތުން މައުލޫމާތަށްޓަކައި ދެންނެވީމެވެ. 14 ރަބީޢުލްއައްވަލް 1443 20 އޮކްޓޫބަރު 2021
2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން ނެރޭ ނޫސްބަޔާން
2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސްކުރަމެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް މުޅި މުޖުތަމަޢު ހޭލުންތެރިކުރުވައި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މިއަދު އަޅުގަޑުމެންގެ ދިރިއުޅުމުގެ ގިނަކަންކަން ކުރިއަށް މިދަނީ އިންޓަނެޓާއި ކޮމްޕިއުޓަރ ޓެކްނޮލިޖީގެ ޛަރީއާއިންނެވެ. ކޮވިޑް-19 ގެ އާލަމީ ވަބާ އާއިގުޅިގެން، ޓެކްނޮލޮޖީއަށް އަޅުގަނޑުމެން ބަރޯސާވެފައިވާ މިންވަރު ހާމަވެގެންދިޔައެވެ. މިގޮތުން އަޅުގަނޑުމެންގެ ކުދިންގެ…