2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން ނެރޭ ނޫސްބަޔާން

2021 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސްކުރަމެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް މުޅި މުޖުތަމަޢު ހޭލުންތެރިކުރުވައި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ.

މިއަދު އަޅުގަޑުމެންގެ ދިރިއުޅުމުގެ ގިނަކަންކަން ކުރިއަށް މިދަނީ އިންޓަނެޓާއި ކޮމްޕިއުޓަރ ޓެކްނޮލިޖީގެ ޛަރީއާއިންނެވެ. ކޮވިޑް-19 ގެ އާލަމީ ވަބާ އާއިގުޅިގެން، ޓެކްނޮލޮޖީއަށް އަޅުގަނޑުމެން ބަރޯސާވެފައިވާ މިންވަރު ހާމަވެގެންދިޔައެވެ. މިގޮތުން އަޅުގަނޑުމެންގެ ކުދިންގެ ކިޔެވުމާއި، ވަޒީފާގެ ގިނަކަންކަން ޓެކްނޮލޮޖީގެ ޛަރީއާއިން ކުރަންޖެހުނެވެ. އަދި މިޙާލަތާއި ގުޅިގެން ލިބުނު ފައިދާގެ އިތުރުން، ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިލާންޖެހުނެވެ. ޚާއްޞަގޮތެއްގައި އަންހެން ކުދިންނަށެވެ. އެހެންކަމުން، އދ. ގެ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އިދާރާ (ޔުނިސެފް) އިން މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ Digital generation. Our generation (އަހަރެމެންގެ ޖީލް. ސުމޭކު ޖީލް.) އެވެ.

ޓެކްނޮލޮޖީއަށް ބަރޯސާވެ މަސައްކަތްކުރަމުންދާ ދުނިޔެއެއްގައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް އެކަމާއި މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން، ކުދިންނާއި މުޖުތަމައުގެ ސަމާލުކަމަށް ގެންނަން މިއަދު މިވަނީ ޖެހިފައެވެ. އަންހެންކުދިންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ފައިދާހުރި ގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުންކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޓެކްނޮލޮޖީގެ ބޭނުންކޮށް އަމިއްލަ ރައްކާތެރިކަން ހޯދާނެގޮތާއި، އެކި އެކި އަނިޔާތަކާއި، ގްރޫމްކުރާ ފަރާތްތަކުން ސަލާމަތްވާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ. އިންޓަރނެޓްގެ ޛަރީއާއިން ކުޑަކުދިންނަށް، ޚާއްޞަކޮށް އަންހެން ކުދިންނަށް ކުރާ އަނިޔާތަކުން ސަލާމަތްކޮށް ރައްކާތެރި ކުރުމާއި، އެކުދިންނަކީވެސް މިއަދުގެ ދުނިޔޭގައި ހަމަހަމަކަމާއި އެކު ދިރިއުޅުމުގެ ޤާބިލުކަން ހުރި ކުދިންނަށް ހެދުމަށްޓަކައެވެ.

އަޅުގަޑުމެންގެ އަމާޒަކީ، އިންޓަނެޓާއި ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަންހެންކުދިން އަހުލުވެރިކޮށް، ޓެކްނޮލޮޖީގެ ތަފާތު ރޮނގުތަކުން ފާހަގަކުރެވޭފަދަ ކުރިއެރުންތަކާއި ކާމިޔާބީއަށް ވާސިލުވުމުގެ ބާރުވެރިކަން އެކުދިންނަށް ލިއްބައިދިނުމެވެ.

05   ‎رَبِيْعُ الأَوّل   1443 

11   އޮކްޓޯބަރ    2021 

Leave a Reply

Your email address will not be published. Required fields are marked *