ތާރީޚް 10/09/2017

އިޖުތިމާޢީ ޚިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް ގުޅިގެން މިއަދު ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ. "ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް" ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ މިމަހު 10 އިން 14 އަށް ޗަންޕާ ސެންޓްރަލް ހޮޓަލުގައެވެ. މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ވާހަކަފުޅުދެއްކެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީނެވެ. އެކަމަނާގެ…