ތާރީޚް 14/07/2024

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ކާމިޔާބުގެ ރަސްމަގު" ޕްރޮގްރާމުގައި ބައިވެރިވެއިސްރަށްވެހިންނަށް ދިމާވާ ތަފާތު އިޖުތިމާއީ މައްސަލަތަކާއި ގުޅޭ ޝުއޫރުތައް ފާޅުކޮށްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީގައެވެ. ޕްރޮގްރާމު ހުށަހަޅުއްވާ ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެސެންޓަރ ރުޤިއްޔާ ސައީދެވެ. އިސްރަށްވެހިންގެ ފަރާތުން ފާޅުކުރައްވާ ޝުއޫރުތަކާއި، އެބޭފުޅުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕެނަލްގައި ޝެއިޚް ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ، އަދިދިވެހިޚާރިޖިއްޔާއަށް ޚިދުމަތްކުރައްވަމުން ގެންދަވާ ޑރ ހާލާ ހަމީދުގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ…