ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ކަނޑައަޅުއްވައިފައިވާ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގިއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ކަނޑައަޅުއްވައިފައިވާ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ އިފްހާމް ޙުސައިން ވިދާޅުވީ މިއީ މި ދާއިރާގެ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ޕްރޮގްރާމް ކަމަށާއި، މި ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (2010/8)ގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި ދައުލަތުގެ އެންމެހައި ވުޒާރާތަކާއެކު ގުޅިގެން މަސައްކަތްކޮށް، ޤާނޫނުގައި އިދާރާތަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުން ކަމަށެވެ.

ޖުމުލަ 15 އިދާރާއަކުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި މި ދާއިރާއާ ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި އިދާރާތަކަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވަޒީފާއާބެހޭ ޓްރައިބިއުނަލް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއެވެ.

11  މުޙައްރަމް  1441

10 ސެޕްޓެންބަރު 2019

Leave a Reply

Your email address will not be published. Required fields are marked *