2018ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

2018ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިހާރުވަނީ ހުޅުވައިލައިފައެވެ. 2018ވަނަ އަހަރަށް އިޢުލާން ކޮށްފައިވާ އެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކަކީ؛

އިންޑިވިޖުއަލް ކެޓަގަރީ (ޢާންމު ފަރުދުންނަށް ރެހެނދި އެވޯޑަށް ހުށަހެޅޭ / ކުރިމަތިލެވޭ ދާއިރާތައް)

  1. ސިޔާސީ ދާއިރާ
  2. އިޤްތިޞާދީ ދާއިރާ
  3. އިޖުތިމާޢީ ދާއިރާ
  4. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިޔުޝަނަލް ސަރވިސް)
  5. އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް”ގެ ދާއިރާ

އެމްޕްލޯޔަރސް ކެޓެގަރީ (ވަޒީފާ ދޭ ފަރާތްތައް / އިދާރާތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާތައް)

  1. ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއާއި، އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާ

މި އެވޯޑަށް ކުރިމަތިލުމަށް އެދި ޢާންމު ފަރާތްތަކާއި، މުއައްސަސާތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ނަން ހުށަހެޅިދާނެއެވެ. ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 2018 ފެބުރުވަރީ 04 ވާ އާދީއްތަ ދުވަހުގެ 14:00އެވެ. މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv/en  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން www.gazette.gov.mv/iulaan/view/74587 ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ދޭ ޚާއްޞަ އެވޯޑެކެވެ.

16 ރަބީޢުލްއާޚިރު 1439

03  ޖަނަވަރީ   2018

Leave a Reply

Your email address will not be published. Required fields are marked *