2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ހުޅުވާލައިފި

2017 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިހާރުވަނީ ހުޅުވާލާފައެވެ. 2017 ވަނަ އަހަރަށް އިޢުލާން ކޮށްފައިވާ އެވޯޑަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ 5 ދާއިރާއަކީ؛

  • ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާ
  • އިޤްތިޞާދީ ދާއިރާ
  • އިޖްތިމާޢީ ދާއިރާ
  • އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކަން ނުވަތަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
  • ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި ޖެންޑަރ މެއިންސްޓްރީމްކުރުމުގެ ދާއިރާ

މި އެވޯޑަށް ކުރިމަތިލުމަށް އެދި އާންމު ފަރާތްތަކާއި، މުއައްސަސާތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ނަން ހުށަހެޅިދާނެއެވެ. ނަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 2 ޖަނަވަރީ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 1400 އެވެ.  މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv/en އަދި ދިވެހިސަރުކާރުގެ ގެޒެޓުން  http://www.gazette.gov.mv/iulaan/view/55580 ލިބޭނެއެވެ.

ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ދޭ ޚާއްޞަ އެވޯޑެކެވެ. އަދި މި އެވޯޑު މިހާތަނަށް 14 ކަނބަލަކަށް ވަނީ ލިބިފައެވެ.

 18ޑިސެމްބަރ 2016

 

Leave a Reply

Your email address will not be published. Required fields are marked *