އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިދާރާތަކުގެ ފަރާތްތަކަށް ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި
އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. ކ. ތުލުސްދޫގައި ނޮވެންބަރު 1 – 2 އަށް 30 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން…
“ރިވެލި ތަރި 2022” މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. "ރިވެލި ތަރި" މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ. މި މައުރަޒުގައި ބައިވެރިކުރާ…
މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ، ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022 ގައި ބައިވެރިވެވަޑައިގެންފި
ޖަކާޓާގައި މިއަދު ފެށުނު، ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022 އަކީ 19 – 21 އޮކްޓޫބަރު 2022ގެ ނިޔަލަށް ކުރިޔަށްދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ކޯ-ޗެއަރ ކުރައްވަނީ މިނިސްޓަރ ޢާޢިޝަތު މުޙައްމަދުދީދީއެވެ. މި ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުއެއް ޤައުމުތަކުގައި ބިނާކުރުމަށް، ޔޫ.އެން.ސީ.އާރު.ޕީ.ޑީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި އެކުލަވާލާފައިވާ ވަޢުދެއްކަމަށްވާ އެޖެންޑާ…
ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށް ދެއްވައިފި
ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ކޮންމެއަހަރެއްގެ 1 އޮކްޓޫބަރުގައި ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހަށް އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް" އެވެ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުންދާ 19 އަތޮޅުގެ އެފް.ސީ.އެސް.ސީތަކުގައި މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުން ދާއިރު، ރަސްމީ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގައެވެ. މިގޮތުން، މިއަދު…
އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިދާރާތަކުގެ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި
އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް ހިނގުނު ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 4 – 5…
ފ.ނިލަންދޫގައި ޤާއިމްކުރާ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރާއި އަމާންވެށި އިމާރާތުގެ ބިންގާ އަޅައިފި
ފ. ނިލަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަދި އަމާންވެށި އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މިނިސްޓަރގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި މި…