ތާރީޚް 29/09/2016

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި ހުށަހެޅޭ މައްސަލަތައް ރެކޯޑްކޮށް ބަލަހައްޓާނެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް (އެމް.ސީ.ޕީ.ޑީ) މިނިސްޓްރީގައި މިއަދު ޤާއިމްކޮށްފިއެވެ. މީގެފަހުން މި ޑޭޓާބޭސް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ 19 ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ބޭނުން ކުރަން ފަށާނެއެވެ. މި ނިޒާމުގެ ތެރެއިން ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހަޅާ ތަފާތު މައްސަލަތަކުގެ ރިފަރަލްފޮނުވުމާއި ކޭސް މެނޭޖްމަންޓް ފަސޭހައިން ބެލެހެއްޓުމުގެ އިތުރުން ވަކިވަކި މަސައްލަތަކުގައި…