މިނިސްޓްރީ އޮފް ޖެންޑަރ އެންޑަ ފެމިލީއިން އިޖްތިމާޢީ ޙިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

އިޖްތިމާޢީ ޙިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ޓްރެއިނިންގ ޕްރޮގްރާމްއެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިންތިޒާމްކޮށްގެން ޔުނިސެފްގެ އެހީގައި މިއަދު ވަނީ ފަށާފައެވެ. މިޓްރެއިނިންގް ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އޮނަރަބަލް ޒެނީޝާ ޝަހީދު ޒަކީގެ ވާހަކަ ފުޅުގައި އަނިޔާ އާއި އިހުމާލުގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓްކުރާ މިންވަރު ދުވަހުންދުވަހަށް އިތުރުވަމުންދާ ކަމަށާއި މި ތަމްރީނުގެ ސަބަބުން މިފަދަ މައްސަލަތަކާއި ގުޅިގެން އިޖްތިމާޢީ ޚިދުމަތްތެރިން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާއި އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންކަމަށް ހައްލުތައް ހޯދައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްއަކީ ރާއްޖޭގެ 19 އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ.) ތަކުގައި އަދި މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންގެންދަވާ 28 މުވައްޒަފުންނަށް އަމާޒު ކޮށްގެން 19 އިން 23 ނޮވެމްބަރުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ 5 ދުވަހުގެ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އެފް.ސީ.އެސް.ސީ ތަކުން ކުޑަކުދިންގެ ހައްގުތައް ރައްތެރިކުރުމުގެ ފަންނީ ގާބިލުކަމާއި ހުނަރު އިތުރުކުރުމާއި، އިޖްތިމާޢީ ޙިދުމަތްތެރީންނަކީ މުޖުތަމަޢުއެއް ބިނާ ކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ، އެކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ގާތުން ފޯރުކޮށްދިނުމުގައި އިސް ދައުރައެއް އަދާ ކުރާ ބައެއް ގޮތުގައި ތަމްރީން ކުރުމެވެ.

     

19 ނޮވެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *