މެލޭޝިޔާގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ދިރިއުޅޭ ބައެއް މަރުކަޒުތަކަށް މިނިސްޓަރ ޒެނިޝާ ޒިޔާރަތްކުރައްވައިފި
މެލޭޝިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ދިރިއުޅޭ ބައެއް މަރުކަޒުތަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނިޝާ ޝަހީދު ޒަކީ ޒިޔާރަތްކުރައްވައިފިއެވެ. މިޒިޔާރަތުގައި މިނިސްޓަރ ޒެނީޝާ ވަޑައިގެންނެވި މަރުކަޒުތަކުގެ ތެރޭގައި ޙާއްސަ ރައްކާތެރިކަން ބޭނުންވާ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކާއި، ކުށްކުރާ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތްކުރާ މަރުކަޒަކާއި، ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގެ އިތުރުން ދޮށީ އުމުރުގެ މީހުންގެ އެކްޓިވިޓީ ސެންޓަރެއް ހިމެނެއެވެ. މިޒިޔާރަތުގައި މިނިސްޓަރ ޒެނީޝާ…
އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ޕްރޮގްރާމްގައި މިނިސްޓަރ ޒެނީޝާ ބައިވެރިވަޑައިގެންފި
މިމަހު 22 އިން 23 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްފޫރުގައި ހިނގަމުންދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ. މިބައްދަލުވުމުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެންމެން ޝާމިލުވާ މުޖުތަމަޢުތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބިނާކުރުން" އެވެ. އަދި ޚާއްސަކޮށް އުމުރުންދުވަސްވީ މީހުންގެ ހައްޤުތަކާއި އަންހެނުން ހައްޤުތައް ކުރިއެރުވުމާއި، އިޖްތިމާޢީ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް މި ބައްދަލުވުމުގައި…
މެލޭޝިޔާގައި ބާއްވާ އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމްގައި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވެއްޖެ
މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި ފިޔަވަތީގެ މުވައްޒަފުންނަށް ޕަރމާޓާ މެލޭޝިޔާއިން ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ފަށާފިއެވެ. ތިން ހަފްތާގެ މުއްދަތަކަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްޕޫރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފިޔަވަތީގައި މަސައްކަތްކުރާ ޖުމްލަ 5 ޓީޗަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ފިޔަވަތީގައި ދިރިއުޅޭ 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށްޓަކައި…
ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވަޑައިގެންފި
އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށް ހިނގަމުންދާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ. މި މަހުގެ 13 އިން 24 އަށް ކުރިއަށްދާ މިބައްދަލުވުމުގެ ޝިއާރަކީ، "ބަދަލުވަމުން އަންނަ މަސައްކަތުގެ މާޙައުލުގައި އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމެވެ". އަދި، އަންހެނުންނާއި އަންހެންކުދިންނަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާއި ގުޅިގެން ޤައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުންވެސް މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނެއެވެ. މި…
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިޖްތިމާޢީ ހިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗް ނިންމާލައިފި
ކުޑަކުދިންގެ ހައްޤުތައް ކުރިއަރުވައި، ރައްކާތެރިކުރުވުމުގައި ހަރަކާތްތެރިވާ އިޖްތިމާޢީ ހިދުމަތްތެރީންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް ގުޅިގެން ހިންގަމުންދާ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗް މިއަދު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިޖްތިމާޢީ ހިދުމަތްތެރިން މެދުވެރިކޮށް މިނިސްޓްރީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެފަދަ މައްސަލަތަކުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. 5…
ރެހެންދި އެވޯޑް 2017
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްސާއެއް އޮވެ، ޤައުމާއި މުޖުތަމަޢުއަށް ބޮޑެތި ލާބަ އާއި މަންފާ ލިބޭ ޙިދުމަތްކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 4 ބޭފުޅަކަށް ރެހެންދި އެވޯޑް ދެއްވައިފިއެވެ. ދަރުބާރުގޭގެ ރަންނަބަންޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ޙާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ އެކަނބަލުންނަށް ރެހެންދި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. އަދި އެވޯޑް ހާސިލްކުރައްވާފައިވާ ފަރާތްތަކަށް ޝަރަފުގެ ބްރޫޗެއް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ…