އޭޕްރިލް 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް
އޭޕްރިލް 2017ގައި ޖުމްލަ 272 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، އޭޕްރިލް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 40%އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 37 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން…
ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ލައިބްރަރީއެއް ޤާއިމްކޮށްފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް. އޭ. ސީ. އެލް.)ގެ އާންމު އިޖްތިމާޢީ ޒިންމާގެ ދަށުން ލައިބްރަރީއެއް ވަނީ ޤާއިމްކޮށްފައެވެ. މިލައިބްރަރީ ހުޅުވާދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އަދި އެމް. އޭ. ސީ. އެލް.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދިލް މޫސާއެވެ. މިއަދު ފިޔަވަތި މަރުކަޒުގައި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާގައި…
އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ “ރަންވޭލާ” ކެމްޕޭންގެ ޕްރޮގްރާމްތައް މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި
ދޮށީއުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ. މިގޮތުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ވަނީ މ. އަތޮޅުގެ 8 ރަށުގައިވެސް ހިންގާފައެވެ. މި ސެޝަންތަކުގައި 160އަށްވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.…
މިނިސްޓްރީ އާއި އެމް. އެން. ޑީ. އެފް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިސައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ފަށައިފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ވަނީ ފަށާފައެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ. މިކޯހުގައި އަލިއަޅުވާލާ މައިގަނޑު ބައިތަކުގެ ތެރޭގައި "އެޕްލައިންގ އިފެކްޓްސް އެންޑް އެނިމޭޝަން" އަދި "ކޮރަލް ޑްރޯ، އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް ޕްރިމިއަރ…
ކ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ހިންގި ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލުން
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތަކަށް ކުރިއަށްގެންދިޔަ ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް މަހުގައި ސީ.އެސް.ޖީތަކަށް ބާއްވާފައިވާ އޮރިއެންޓޭޝަން އަދި ޓްރެއިނިންގ ޕްރޮގްރާމްއާ ގުޅިގެން ހިނގާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ކ. އަތޮޅުގައި ޤާއިމްކޮށްފައިވާ ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތައް…
އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ 2017
އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް ކުޑަކުދިންނަށް ހިލޭ ގުޅޭގޮތަށް ޤާއިމްކޮށްފައިވާ ނަންބަރުތަކުގެ ބައިނަލްއަޤްވާމީ ވިއުގައިން "އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ" މިއަދު ފާހަގަކުރާއިރު، ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންގެ އަޑު މުޖުތަމަޢުއަށް އިއްވުމުގައި ދިވެހިރާއްޖޭގެ ޗައިލްޑް ހެލްޕްލައިން އަދާކުރާ ދައުރު ފާހަގަކުރުން މުހިއްމެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރު ހިލޭ ގުޅޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ޗައިލްޑް ހެލްޕްލައިން "1412" ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. މިހެލްޕްލައިން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި…