ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވަރކްގައި ހިމެނޭ ކަންކަން ހާސިލުކުރުމުގެ ގޮތުން 2017 އިން 2018 އަށް އެކަށައެޅި “ޖޮއިންޓް ވަރކްޕްލޭން” ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން މިއަދު ސޮއިކޮށްފި
ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވަރކް (އުންޑާފް) ގައި ހިމެނޭ ކަންކަން ހާސިލުކުރުމުގެ ގޮތުން 2017 ން 2018 އަށް އެކަށައެޅި "ޖޮއިންޓް ވަރކްޕްލޭން" ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އ.ދ އިން މިއަދު ސޮއިކުރައްވައިފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ވަރކްޕްލޭން ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އެވެ. އަދި އ.ދ…
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ‘ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ޖެންޑަރ’ ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފި
އޭޝިއަން ޑިވެލޮޕްމަންޓް ބެންކުގެ އެހީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މިމަހު 8 އިން 14 އަށް ކުރިއަށް ގެންދިޔަ 'ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ޖެންޑަރ' ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަކޮށްފިއެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ މުއައްސަސާތައް ޖެންޑަރއާ ގުޅޭ މައްސަލަތަކަށް އަހުލުވެރިކުރުވުމަށާއި، އެ މުއައްސަސާތަކުގައި 'ޖެންޑަރ'ގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތެރިވާނޭ ޤާބިލު 'ޖެންޑަރ ޓްރެއިނަރުން' ބިނާ ކުރުމުގެ މަޤްޞަދުގައި ހިންގުނު ޕްރޮގްރާމެކެވެ. މި ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމުގެ ބައިވެރިންނަށް، ޖެންޑަރގެ ތަފާތުކުރުންތަކަކީ…
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙްކޮށްފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކަމާބެހޭ ދާއިރާތަކާއެކު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ. މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒާކީ ވިދާޅުވީ "އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މިފަދަ ޕްލޭނެއް…
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބާއްވާ ތިން ދުވަހުގެ ޤައުމީ މަހާސިންތާ ފަށައިފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުން ހޯދައިގެން އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޤައުމީ މަހާސިންތާއެއް މިއަދު ފަށައިފިއެވެ. މި މަހާސިންތާ ހުޅުވުމަށް މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ…
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ 219 ފުލުހަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގައިފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕްލިސް ސަރވިސަސް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ފްރަންޓްލައިން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަކޮށްފިއެވެ. މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އީކުއާލިޓީ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުވައި، އަދި ފުލުހުންގެ މެދުގައި މިބާވަތުގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ…
ކުޑަކުދިންގެ ހިޔާގެ 59 ކުދިން ލީޑަރޝިޕް ކޭމްޕް ފުރިހަމަކޮށްފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާ 18 އަހަރާ ދެމެދުގެ 59 ކުދިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމްކޮށްގެން ހިންގާ "ވީކްއެންޑް ވިތު އެމް.އެން.ޑީ.އެފް" ލީޑަރޝިޕް ކޭމްޕްގައި ބައިވެރިވެއްޖެއެވެ. ގިރިފުށި ޓްރެއިނިންގ ސެންޓަރގައި މިދިޔަ ހަފްތާ ބަންދުގެތެރޭގައި ހިންގި މިޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި އެމް.އެން.ޑީ.އެފްގެ…